އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅުގެ ސިކިޔުރިޓީ މައްސަލާގައި  އެމް ޑިޕީން ކަންބޮގުވުން ފާޅުކޮށްފި

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމު ޢަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައި، ސިކިޔުރިޓީ ފޫއަޅުވާލައި އެ ގެކޮޅަށް 30 ސެޕްޓެންބަރު 2021 ގައި މީހަކު ވަދެގަނެފައިވާތީ، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން އޮތް މިންވަރާ މެދު އިންތިހާއަށް ކަންބޮޑުވާކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.) އިން ހާމަކޮށްފި އެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތްކަމަށްވާ އުއްތަމަ ފަނޑިޔާރަށާއި އުއްތަމަ ފަނޑިޔާރުގެ ޢާއިލާއަށް ޙިމާޔަތާއި ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދީ، އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނޭ ގޮތަށް އުއްތަމަ ފަނޑިޔާރާއި އުއްތަމަ ފަނޑިޔާރުގެ ޢާއިލާ ދިރިއުޅުއްވާނޭ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖެއްސުމަށް ޤާނޫނުން ލާޒިމުކޮށްފައިވީ ހިނދު، އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމު ޢަދުނާނާއި އެމަނިކުފާނުގެ ޢާއިލާ މިވަގުތު ވެސް ދިރިއުޅުއްވާ ޢާއިލީ ގެކޮޅުގެ ސިކިޔުރިޓީ ފޫއަޅުވާލައި އެ ގެކޮޅަށް މީހަކު ވަނުމުގެ ފުރުސަތު ލިބިފައިވާކަމީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށާއި އަދި އެކަމަކީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ.

އިޝްތިހާރު Below Header ad

މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށާއި އިޙްމާލުނުވުމަށާއި އަދި ފަރުވާތެރިވެ، ސީރިއަސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެ ޕާޓީން އިލްތިމާސްކުރެ އެވެ. އަދި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމު ޢަދުނާނަށް ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެއްވުމަށްވެސް އެ ޕާޓީން ގޮވާލަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.