މޫސުން ގޯސްވެ ސަފާރީއެއް އަޑިއަށް ގޮސް އެކަކު މަރުވެއްޖެ

މޫސުން ގޯސް ވުމުގެ ސަބަބުން ސަފާރީއެއް ދިޔަވެ އަޑިއަށް ގޮސް، އެކަކު މަރުވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގަދަ ވިއްސާރައިގައި ޖެހި ކ. ތިލަފުށީ ހުޅަނގު ދެކުނުން ސަފާރީއެއް ދިޔަވެ އަޑިއަށް ދިޔުމުގެ މިހިތާމަވެރި ހާދިސާގައި މަރުވެފައި ވަނީ 41 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެގެން ދިޔަވެ އަޑިއަށް ގޮސްފައި ވަނީ “ހޭންޑީ ކްރޫޒަރ” ނަމަކަށް ކިޔާ ސަފާރީއެކެވެ. މިސަފާރީ ދިޔަވެފައި ވަނީ ބޮލިފުށިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި މަގުމަތީގައި ކ. ތިލަފުށީ ހުޅަނގު ދެކުނުން 04 ނޯޓިކަލްމޭލް ބޭރުންނެވެ. ހާދިސާ ހިނގިއިރު ސަފާރީގައި 11 ފަތުރުވެރިންނާއި 6 ފަޅުވެރިންނާއެކު ޖުމްލަ 17 މީހުން ދަތުރު ކޮށްފައި ވެއެވެ.

އިޝްތިހާރު Below Header ad

އެމް.އެން.ޑީ.އެފްއިން ބުނެފައި ވަނީ، މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 8:39 ހާއިރު ކަމަށާއި، ރިޕޯޓު ލިބުމާއެކު މާލެ އޭރިއާ ކޯސްޓްގާށް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއެކު ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި އެމް.އެން.ޑީ.އެފްއިން އެސަރަހައްދަށް ދިޔައިރު ސަފާރީ ވަނީ ވަރަށް ބޮޑަށް ހަލާކުވެ އަޑިއަށް ގޮސްފައި ކަމަށާއި، އެއިން ދަތުރުކުރި މީހުން ކަނޑުވެފައިވާއިރު އެސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް އޭގެތެރެއިން ބައެއް މީހުން ނަގާފައިވާ ކަމަށްވެސް އެމް.އެން.ޑީ.އެފްއިން ބުނެފައިވެއެވެ.

MOOSUN 6

ކޯސްޓްގާޑްގެ މަސައްކަތުން ސަފާރީއިން ދަތުރުކުރި މީހުން ހޯދައި، މިއަދު ހެނދުނު 11:36 ހާއިރު ވަނީ މާލެ ގެނެސްދީފައެވެ. އަދި އޭގެތެރެއިން 7 މީހުން ވަނީ ސިއްޙީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އައި.ޖީ.އެމް.އެޗްއިން ހާމަ ކޮށްފައިވާ ގޮތުގައި ފަރުވާއަށް ގެނައި 7 މީހުންނަކީ ވެސް ބިދޭސީންނެވެ. އަދި މަރުވެފައި ވަނީ ބިދޭސީ ފިރިހެނެއް ކަމަށާއި، ދެން ތިބި 6 މީހުންނަށް މިވަގުތު އީ.އާރުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.