ކަނޑިތީމު ރައީސްކަމަށް އިންމަ ހޮވަންވީ ކީއްވެ؟

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ ރައީސްގެ މަޤާމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ ހުރިހާ ކެމްޕެއިން ޙަރަކާތެއްގައި އިސްކޮށް މަސައްކަތްވެސް ކޮށްފައިވާތީ އެވެ.

އިންމަ މި މަޤާމަށް ކުރިމަތިލައްވާފައިވަނީ ގިނަ ބަޔެއްގެ ތަރުހީބު ލިބިގެންނެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން އިންމަ ފާހަގަ ކޮށްލެވެނީ 2005ން ފެށިގެން 2013 އާ ހަމައަށް ކަނޑިތީމުގައި ހިންގުނު އެމްޑީޕީގެ ހުރިހާ ހަރަކާތެއް ރާވާ ހިންގުމުގައި އިސްކޮށް އުޅުނު ފަރާތެއް ގޮތުގައެވެ.

2013 އިން މި އަދާހަމައަށް އެމްޑީޕީގެ މާލޭ ސިޓީގައި ހިންގުނު އިސްލާޙީ މަސައްކަތްތަކުގެ އެންމެ ދަތި ބިރުވެރި ދުވަސްތަކުގައި ޢަމަލީގޮތުން މަސައްކަތްކޮށްފައިވާ ފަރާތެއްގޮތުގައި ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރު މޭޑޭގައި ނުހައްގުން ހައްޔަރުކޮށް ހުރަގެއަށް ލާފައިވެއެ.

imma

2015 އިން މިއަދާ ހަމައަށް ދާއިރާގެ 2019 އަށް ކުރިއަށް ދިޔަ ބޮޑެތި އިންތިޚާބުތަކުގައި ދާއިރާގެ ކެމްޕެއިން މެނޭޖަރ އަކީވެސް އިންމައެވެ. ހަމައެހެންމެ 30 އަހަރުވީ ކަނޑިތީމު ދާއިރާގެ މަޖިލިސް ގޮނޑި ބަދަލުވެގެން ދިޔަ އިންތިޚާބަކީ ބޮޑެތި ގޮންޖެހުންތަކާއެކު އިންމަގެ ކެމްޕޭންގެ ފާހަގަކޮށްލެވޭ ކާމިޔާބު މަސައްކަތެކެވެ.

މީގެ ކުރިންވަނީ އެމްޑީޕީގެ ބައެއް މަޤާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި އެމްޑީޕީ ޔޫތުވިންގް ހިންގާކޮމެޓީގެ މެންބަރުކަން އަދި ކަނޑިތީމު ދާއިރާގެ ނައިބު ރައީސްކަންވެސް ވަނީ ކުރައްވާފައެވެ.

ކަނޑިތީމުގެ ބައެއް ރައްޔިތުންނާގެ ދުލުން އިންމަ:

“އިންމަ އަކީ އެމް ޑީ ޕީގެ ކަންކަމުގައި ރަނގަޅު ނަތީޖާ ދައްކާފައިހުރި އެންމެން ދަންނަ މީހެއް، އިތުރު ސުވާލެއް ނެތް މީހެއް. މަގޭ ވޯޓު އިންމަ އަށް ކަށަވަރު” -ކަނޑީތީމު ރައްޔިތެއް-
“އިންމައަކީ ދެގޮތެއްނުވާ ރަށު ތަރައްޤީއަށް ވެސް ރަށުމީހުނަށްވެސް ވަރަށް ހެޔޮ މީހެއް. އިންމައަށް ކާމިޔާބީ އެދެން -ކަނޑީތީމު ޒުވާނެއް-
އިންމަގައިގަ ހުންނާނީ ރަށު ފިކުރު، އެމް. ޑީ. ޕީ ފިކުރު ފިސާރި ކެރޭނެ އެސޮރު ހޮވާނީ. – ޢުމުރުން ދުވަސްވީ ކަނޑީތީމު ރައްޔިތެއް-

އިންމަ އާ ގުޅުން ހުރި އިތުރު އަދާހަމަކުރުން އިންމަގެ ފޭސްބުކް ޕޭޖު އަދި ޓްވިޓަރ އިން

މިވަގުތު އެމްޑީޕީއަށް ކޮންމހެންވެސް އިންމަ ކަހަލަ އިޚްލާބްތެރިން ވަނީ ބޭނުންވެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ރާއްޖޭގައި އިށީންނަން އޮތްހާ ގޮނޑިއަކާ އޮތްނަމަ އޮތްހާ މަޖިލީހަކާ ގެތަކުގައި ބޭނުންކުރާ ހުރިހާ ސޯފާތަކެއް އެމްޑީޕީއަށް މިލްކޮށްދީ ހިބަކޮށްދީގެން އުޅޭއިރުވެސް ވާކަމެއް ހަމަހަރާމް. ކުރާކަމެއް ނުފެނޭ. އިއްވާއަޑުގަދަ. މިދުވަސްވެސް ހިނގައިދާނެ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.