ހުރިހާ ދައުވާއަކަށް އަދުހަމް އިއުތިރާފް ވެއްޖެ

މޭ 6 ގައި ރައީސް ނަޝީދަށް ދިން ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ކޮށްފައިވާ ދަޢުވާއަށް އަދުހަމް އިއުތިރާފް ވެއްޖެ އެވެ.

މިއަދު ބޭއްވުނު ޝަރީއަތުގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، މޭ 6 ވަނަ ދުވަހު ބޮމުގެ ހަމަލާއެއް ދިންކަމަށް ތުހުމަތުކޮށް ދައުލަތުން އަދުހަމް އަޙްމަދުގެ މައްޗަށް އުފުލާފައިވާ 4 ދައުވާއަކަށް އޭނާ ވަނީ އިއުތިރާފް ވެފައެވެ.

އިޝްތިހާރު Below Header ad

އަދުހަމް މިދައުވާ ތަކަށް އިއުތިރާފް ވެފައިވަނީ ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އޭގައިވާ ގޮތަށެވެ. އަދި މިއެއްބަސްވުން ހަދާފައި ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް ވެސް މިއަދުގެ ޝަރީއަތުގައި އަދުހަމް ވަނީ ބުނެފައެވެ.

ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމުގައި ކުށަށް އިއުތިރާފްވެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ދައުލަތުން ވަނީ އަދުހަމަށް ޝަރުތު ކޮށްފައެވެ. އަދި އޭނާގެ ކުށްތަކުގެ އަދަބަކަށް 23 އަހަރުގެ ޖަލު ހުކުމަކަށް ވެސް ވަނީ އެއްބަސް ވެފައެވެ.

ދައުލަތުން އަދުހަމްގެ މައްޗަށް ކޮށްފައި ވަނީ 4 ދައުވާއެކެވެ. އެ 4 ދައުވާއަށް ވެސް އަދުހަމް ވަނީ އެއްބަސްވެފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާއާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާއާއި އަދި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި އެއްޗެއް ބޭނުން ކޮށްގެން މީހަކު މަރާލަން މަސައްކަތް ކުރުމުގެ ދައުވާއެވެ.

މޭ 6 ހަމަލާގެ ޝަރީއަތް ބަލަހައްޓާފައި ވަނީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު މުޙައްމަދު މިސްބާޙްއާއި ފަނޑިޔާރު ސޮފްވަތު ހަބީބު އަދި ފަނޑިޔާރު އާދަމް މުޙައްމަދެވެ.

ރައީސް ނަޝީދަށް ބޮމުގެ ޙަމަލާއެއް ދީފައި ވަނީ ސައިކަލެއްގައި އައި.އީ.ޑީ ހަރުކޮށް ގޮއްވާލައިގެންނެވެ. މިބޮން ގޮއްވާލުމަށް އަދުހަމް ރިމޯޓަށް ފިތާފައި ވަނީ ނީލޯފަރު ހިނގުމުގެ ކުރިމަތީގައި ހުންނަ އަތަމާ ޕެލަސް ތެރޭގައި ހުރެއެވެ. ހަމަލާއަށް ފަހު އަދުހަމް ހައްޔަރު ކޮށްފައި ވަނީ މޭ 9 ވަނަ ދުވަހު ހުޅުމާލެއިންނެވެ.

މިޙަމަލާގައި ރައީސް ނަޝީދަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބި، އެވަގުތު އެތަނުގައި ތިބި އާންމުންގެ ބައެއް މީހުންނަށް ވެސް އަނިޔާ ވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.