ހެޔޮލަފާ މުޖުތަމަޢެއްގެ ސިއްރަކީ ޙިކުމަތްތެރި ޓީޗަރުން

ރަނގަޅު ހެޔޮލަފާ މުޖުތަމަޢެއް ބިނާ ކުރެވޭނީ ރަނގަޅު ހެޔޮލަފާ ދަރިންތަކެއް ތަމްރީނު ކުރެވިގެން ކަމީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. ހެޔޮލަފާ ދަރިންތަކެއް ތަމްރީން ކުރުމުގެ އެންމެ އިސް ރޯލެއް ކުޅޭ އެއްބަޔަކީ އަޅުގަނޑުމެންގެ ލޮބުވެތި މުދައްރިސުންނެވެ.

ތިރީގައި މިވާ ވާހަކައަކީ ހިތްހެޔޮ މުދައްރިސެއްގެ ހިކްމަތްތެރި އަމަލުގެ ސަބަބުން ޒުވާނަކު މަގުން ކައްސާލިޔަނުދީ ސަލާމަތް ކޮށްދިން ގޮތުގެ އިބްރަތްތެރި ވާހަކައެވެ.

އިޝްތިހާރު Below Header ad

ތިރީސް ފަސް އަހަރު ކުރިން ކިޔަވާދިން އެދުރުމީހާ ކާވެނި ޙަފުލާއަކުން ދިމާވުމުން އެދުރު މީހާ އާއި ބައްދަލުކުރުމަށްޓަކައި ދަރިވަރު ދިޔައެވެ. ވަރަށް އިޙްތިރާމާއި ޤަދަރާއި، ލަދުވެތިކަމާއި އެކު އެދުރު މީހާ އާއި މުޚާޠަބުކޮށް އޭނާ ބުންޏެވެ. އޭ އުސްތާޒެވެ. އުސްތާޒު ޖަވާބުގައި ބުންޏެވެ. ތީކޮށް ކުއްޖެއް ހެއްޔެވެ؟ އުސްތާޒަށް އަޅުގަނޑަކީ ކާކުކަން އެނގޭތޯއެވެ. އުސްތާޒު ޖަވާބުގައި ބުންޏެވެ. ތީ ކޮން ކުއްޖެއްކަމެއް ނޭނގުނެވެ. ކުއްޖާ މަޑު އަޑަކުން ބުންޏެވެ. އަޅުގަނޑަކީ ކުލާހުގައި ކުއްޖެއްގެ ގަޑި ވަގަށް ނެގި ދަރިވަރެވެ. ގަޑީގެ ވެރި ކުއްޖާ އެ ގަޑި ގެއްލިގެން ރޯން ފެށުމުން އުސްތާޒު ކުލާހުގެ ހުރިހާ ކުދިންގެ ޖީބުތަކާއި ދަބަސްތައް ޗެކު ކުރުމަށް ކޮޅަށް ތެދުވަން ބުނީމުއެވެ.

އެ ވަގުތު ހުރިހާ ކުދިންގެ ކުރިމަތީގައި އަޅުގަނޑު ފަޟީޙަތް ވެދާނެކަމަށް ހީކުރެވުނެވެ. އަދި ކުދިންގެ ފުރައްސާރަ އާއި މަލާމާތާ އަޅުގަނޑު ކުރިލާން ޖެހޭނެކަމަށް ހީކުރީމެވެ. އުސްތާޒު އެންގެވީ ހުރިހާ ކުދިން ފާރާ ކުރިމަތި ލައިގެން، ދެލޯ މަރާލައިގެން ކޮޅަށް ތިބުމަށެވެ. އުސްތާޒު އަޅުގަނޑު މެންގެ ހުރިހާ ކުދިންގެ ޖީބުތައް ޗެކު ކުރީމުއެވެ. އަދި އަޅުގަނޑު ޗެކު ކުރުމަށްފަހު ޖީބުން ގަޑި ނަގައިގެން ޗެކު ކުރުން ކުރިއަށް ގެންދެވީމުއެވެ. އަދި ހުރިހާ ކުދިން ޗެކުކޮށް ނިމުމުން އަލުން ގޮސް ގޮނޑިތަކުގައި އިށީނުމަށް އުސްތާޒު އެންގެވިއެވެ. އަޅުގަނޑު ހީކުރީ ހުރިހާ ކުދިންގެ ކުރިމަތީގައި އުސްތާޒު އަޅުގަނޑު ފަޟީޙަތް ކޮށްލައްވާނެ ކަމަށެވެ.

އެއަށްފަހު އުސްތާޒު ގަޑި ނަންގަވައި ވެރިފަރާތާއި ޙަވާލު ކުރެއްވީމުއެވެ. އަދި ގަޑީ އޮތީ ކޮން ކުއްޖެއްގެ ޖީބުގައި ކަމެއް ހާމަ އެއް ނުކުރައްވަމުއެވެ. ތަޢްލީމީ އަހަރު އެއްކޮށް ނިމި ދިޔައިރުވެސް އުސްތާޒު ތިމަންނާއަށް އަދަބެއްދީ އިންޒާރެއް ދީއެއް ނުހަދަމުއެވެ. އަދި ގަޑި ވަގަށް ނެގީ ކާކުކަން ހާމައެއް ނުކުރަމުއެވެ.

އެ ދުވަހުން ފެށިގެން ދުވަހަކު ވެސް ވައްކަން ނުކުރުމަށް އަޅުގަނޑު އަޒުމް ކަނޑައެޅީމެވެ. އުސްތާޒު އަޅުގަނޑުގެ މަތިން ހަނދާން ނެތޭނީ ކޮން ގޮތަކުންތޯއެވެ. އަޅުގަނޑުގެ ވާހަކަ އަކީ ވަރަށް ވޭންދެނިވި ވާހަކައެކެވެ. އެކަން އެއްގޮތަކަށް ވެސް އުސްތާޒު ވެސް އަދި އަޅުގަނޑުވެސް ހަނދާން ނުނެތޭނެއެވެ.

އުސްތާޒު ދަރިވަރުގެ ބުރަކަށީގައި ފިރުމާލުމަށްފަހު ބުންޏެވެ. ކޮއިފުޅާއެވެ. އުސްތާޒު އެކަން ހަނދާން އެބަހުއްޓެވެ. ހުރިހާ ކުދިން ލޯމަރައިގެ ތިބުމަށް އުސްތާޒު ބުނީ އެއްވެސް ކުއްޖަކަށް ވައްކަން ކުރީ ކޮން ކުއްޖެއްކަން އެނގުނަ ނުދިނުމަށެވެ. ކޮއިފުޅަށް ނޭނގޭ ކަމަކީ ހުރިހާ ކުދިން ޗެކުކުރިއިރު އުސްތާޒުވެސް ހުރީ ދެ ލޯ މަރައިގެންކަމެވެ. އެއީ އެ ގަޑި ވަގަށް ނެގީ ކާކުކަން އުސްތާޒަށް އެނގި، އެ ކުއްޖާ އާއި މެދު އުސްތާޒުގެ ހިތް ކިލަނބުވިޔަ ނުދިނުމުގެ ގޮތުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.