މިސް ކޮމިއުނިކޭޝަން އަކުން ކުނި ލޮރީ އަޅާލެވުނީތީ މާފަށް އެދެން – މާލެ ސިޓި ކައުންސިލް
މާލެސިޓީ ކައުންސިލް ގެ ލޮރީ އަކުން ވެމްކޯގެ ކުނި އަޅާ ސަރަހައްދު ދޮރުމައްޗަށް އޮއްސާލި ކުނި ލޮރީ އަޅާލެވުނީ މިސް ކޮމިއުނިކޭޝަން އެއްގެ ސަބަބުން ކަމަށް ސިޓި ކައުންސިލް އިން ހާމަ ކޮށްފި އެވެ.
މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރި އަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝްވިދާޅުވީ މިކަން ޙައްލު ކުރުމަށް ވަރަށް ގިނަ މުޢާމަލާތް ކުރެވިފައިވާނެ ކަމަށާއި ސިޓީ ކައުންސިލްގެ ލޮރީ އެތެރެއަށް ނުވެއްދުމުގެ ސަބަބުން ބަހުގެ ޙަމަލާތަކެއް ވެސް ވެމްކޯ އާއި ސިޓި ކައުންސިލްގެ މުވަޒަމުންގެ ދެމެދު ހިނގިކަމަށައި މީ އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވިދާލުވިއެވެ.
ކޮންމެ މީހަކު މަގުމައްޗަށް ކުނި އެޅިކަމުގައި ވިޔަސް މަގުތަކުން ކުނި ނެގުމަކީ ވެމްކޯ އާ ވެފައިވާ އެއްބަސް ވުމުގެ ދަށުން ކުރަންޖެހޭ ކަމެއްކަން ވެސް ފާހަގަ ކުރައްވި އެވެ.
އަދި ނިންމާ ލަމުން ވެސް މިކަން ހިނގީތީ މާފަށް އެދިފައިވެ އެވެ.
ސިޓީ ކައުންސިލުން އަބަދުވެސް ދަނީ މާލޭގެ މަގުތަށް ރީތިކޮށް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.
ވެމްކޯގެ މުވައްޒަފުުންވެސް އެކި ގަޑިތަކުގައި ކުނި ނެގުމުގެ މަަސައްކަތް ދަންވަރަކަސް ދަނީ ކުރަމުންނެވެ.