ޔޫ.އެން. ޑަބްލިއު. ޓީ.އޯގެ ސެކްރަޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވީލި ރާއްޖޭއަށް ޒިޔާރަތް ކުރައްވަނީ

ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން. ޑަބްލިއު. ޓީ.އޯ) ގެ ސެކްރަޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވީލި ދިވެހިރާއްޖޭއަށް ޒިޔާރަތް ކުރައްވަނީ

ޔުނައިޓެޑް ނޭޝަންސް ވީލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން. ޑަބްލިއު. ޓީ.އޯ) ގެ ސެކްރަޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވީލި ދިވެހިރާއްޖޭއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ހާމަކުރައްވާފައިވަނީ މިއަދު ވަރޗުއަލްކޮށް ބޭއްވި ޔޫ.އެން. ޑަބްލިއު. ޓީ.އޯގެ 33 ވަނަ ޖޮއިންޓް ކޮމިޝަން ފޮރ އޭޝިއާ ޕެސިފިކް އަދި ކޮމިޝަން ފޮރ ސައުތު އޭޝިއާގެ މީޓިންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު Below Header ad

ސައުތު އޭޝިއާ އަދި އޭޝިއާ ޕެސިފިކްގެ 29 ޤައުމަކުން ބައިވެރިވިި މި ބައްދަލުވުމުގައި އެ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިޔާސަތު ތަކާއި އެޤައުމުތަކުގެ ކޮވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތައް ވަނީ ޙިއްސާ ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެފިލިއޭޓް މެންމަރުންނާއި ޕާޓްނާރުންގެ ގޮތުގައި ހިމެނޭ ޖަޕާން އެސޯސިއޭޝަން އޮފް ތްރެވަލް އެޖެންޓްސް (ޖާޓާ) އަދި ޖަޕާން ތޫރިސްޓް ބިއުރޯ ( ޖޭ.ޓީ.ބީ) އިން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ޕްރައިވެޓް ޕަބްލިކް ޕާޓްނާޝިޕްގެ މުހިންމުކަން ފާހަަގަ ކުރައްވާފައެވެ.

މި ބައްދަލުވުން ވަރޗުވަލް ކުރައްވާފައިވަނީ މެލޭޝިއާގެ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކްލްޗަރގެ ޑެޕިއުޓީ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު ޒަމްރީ މަތު ޒައިން އަދި ކޯ-ޗެއަރ ކުރައްވާފައިވަނީ ދިވެހިރާޖޭގެ މިނިސްޓްރީ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢޫޞޫމް އެވެ.

ޔޫ.އެން. ޑަބްލިއު. ޓީ.އޯގެ ސެކްރަޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވީލި ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅު، އޮކްޓޯބަރު މަހު 5 އިން 8 އަށް ދިވެހި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫ.އެން. ޑަބްލިއު. ޓީ.އޯގެ 15 ވަނަ އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމްގެ ހުޅުވުމުގެ ރަސްމިއްޔާތިގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.