ތާލިބާނުން އަފްޣާނިސްތާންގެ ވެރިރަށް ވެސް ހިފަނީ

ތާލިބާނުން އަފްޣާނިސްތާންގެ ވެރިރަށް ކާބުލްއަށް ވަންނަން ފަށާފައިވާ ކަމަށް އެޤައުމުގެ ދާޚިލީ ވުޒާރާއާއި ތާލިބާންގެ އޮފިޝަލުން ކަށަވަރު ކޮށްދީފިއެވެ.

ކާބުލްއަށް ވަދެ އެރަށް ހިފަން ފަށާފައި މިވަނީ ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ މައި މަގުތަށް ހިމެނޭ ރަށެއް ކަމަށްވާ ޖަލާލްއާބާދު ތާލިބާންގެ ބާރުގެ ދަށަށް ފުރިހަމައަށް ގެނައިތާ ގަޑިއިރުތަކެއް ތެރޭގައެވެ. ދޯހާގައި ހުންނަ ތާލިބާންގެ އިސް ލީޑަރެއް ބޭރުގެ މީޑީއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ކާބުލް ހިފުމުގައި ބާރުގެ ބޭނުން ނުކުރުމަށާއި އަދި ހަމަނުޖެހުން ނުއުފެއްދުމަށް ހަނގުރާމަވެރިންނަށް އިލްތިމާސް ކޮށްފައިވާނެ ކަމަށާއި، އަދި ކާބުލް ދޫކޮށް ދާން ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ކަމާއެކު ދެވޭނެ މަގު ފަހި ކުރުމަށް ވެސް އަންގާފައިވާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

ތާލިބާނުން ކާބުލް ހިފުމާއި ދެކޮޅަށް އަފްޣާންގެ މިޙާރުގެ ރައީސް އަޝްރަފް ޣަނީގެ ސަރުކާރުން އިތުރަށް އެއްވެސް ހަމަލާއެއް ދޭނެ ކަމެއް ޔަގީން ވެފައި ނުވާއިރު، އަޝްރަފް ޣަނީ އަފްޣާނިސްތާން ދޫކޮށް ފިލައިފި ކަމުގެ ޚަބަރުތައް ފެތުރެމުން ދާތީ އެކަން ރައީސް ޣަނީގެ އިސް ފަރާތްތަކުން ވަނީ ދޮގުކޮށްފައެވެ. އަދި ރައީސް ޣަނީ އަދިވެސް ހުންނެވީ އަނބިކަނބަލުންނާއެކު ރިޔާސީ ގަނޑުވަރުގައި ކަމަށް ވެސް އެފަރާތުން ހާމަ ކޮށްފައިވެއެވެ.

މީގެ އިތުރުން ބޭރުގެ މީޑިއާއެއްގައި ހާމަ ކޮށްފައިވާ ގޮތުގައި، އަފްޣާނިސްތާންގެ ވެރިކަމުން އަޝްރަފް ޣަނީ ދުރުވެ، ވަގުތީ ސަރުކާރެއް ބިނާކޮށް ވެރިކަމުގެ ނިޒާމް ތާލިބާންއާއި ވީހާވެސް ސުލްހަވެރި ގޮތެއްގައި ހަވާލު ކުރުމުގެ މަސައްކަތް އަފްޣާންގެ ދާޚިލީ ވުޒާރާއިން މިހާރު ވަނީ ފަށާފައެވެ.

އަފްޣާންގެ ދާޚިލީ ވަޒީރު ޢަބްދުއްސައްތާރު މިރްޒަޚްވާލް ވިދާޅުވެފައި ވަނީ، ބާރުތައް ހަވާލު ކުރުމުގެ ކަންތައް ވީހާވެސް ސުލްހަވެރިކޮށް ގެންދާނެ ކަމަށާއި، އަދި ކާބުލްއަށް އެއްވެސް ހަމަލާއެއް ތާލިބާނުން ނުދޭނެކަމަށެވެ.

INTERACTIVE AUG15AFGHANISTAN 01

ތާލިބާންގެ ތަރުޖަމާން ބުނެފައި ވަނީ، އަފްޣާން ސަރުކާރަށާއި އަސްކަރިއްޔާއަށް ޚިދުމަތް ކޮށްދީފައިވާ ހުރިހާ ފަރާތްތަކަށް ވެސް މަޢާފު ދީފައިވާނެ ކަމަށާއި އަދި އެއްވެސް ފަރާތަކާމެދު އެއްވެސް ރުޅިވެރިކަމެއް ބޭއްވުމުގެ ނިޔަތެއް ނެތް ކަމަށެވެ. މީގެ އިތުރުން ކާބުލްގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުން ބޭނުން ނަމަ ކާބުލް ދޫކޮށް ދެވިދާނެ ކަމަށާއި، ނޫންނަމަ ތާލިބާން ސަރުކާރު ޤާއިމް ވުމުން ސަރުކާރުގައި އަލުން ރެޖިސްޓަރ ވުމަށް ވެސް ވަނީ އަންގާފައެވެ.

ތާލިބާނުން ކާބުލް ހިފުމާއެކު އެމެރިކާއާއި ޔޫރަޕު އިއްތިހާދު އަދި އިނގިރޭސި ވިލާތުން ވަނީ އެޤައުމުގެ ޑިޕްލޮމެޓުން އެޤައުމުން ބޭލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.