ގައިދުރުކަމާއެކު ގިނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ކައިވެނި ޕާޓީ ބާއްވަން ހުއްދަ ދީފި

ގައިދުރުކަމާއެކު ގިނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ކައިވެނި ޕާޓީ ބާއްވަން އެޗްޕީއޭ އިން ހުއްދަ ދީފި އެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި ހުއްދަ ދިނުމަށް ނިންމީ ކޮވިޑުގައި ރާއްޖޭގެ ހާލަތު މިވަގުތު އޮތީ ނިއު-ނޯމަލްގައި އޮތުމުން ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން އައު އާންމު ހާލަތާއިއެކު އުޅުމަށް ގަނަ ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކައިވެނި ޕާޓީތަކައި ހަފްލާތައް ގިނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

“ކައިވެނި ޕާޓީތަކާއި ހަފްލާތައް ގިނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ހުއްދަ ދިން ނަމަވެސް، ގައިދުރު ކަމާއި މާސްކު އެޅުމާއި، އެޗްޕީއޭއިން މިހާލަތުގައިވެސް ކަނޑައަޅާފައިވާ ގައިޑްލައިންތަކުގައި ވާގޮތުގެ މަތީން އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރަން.” ޑރ. ނަޒްލާ ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ކޮޑް-19ގެ ކޭސްތައް މަދުވަމުން ދިޔަ ކަމުގައި ވީނަމަވެސް، މިހާރުވެސް ގިނަ މީހުން އެއްވެ އުޅޭތަންތަނަށްދާ މީހުން ކޮވިޑަށް ޓެސްޓް ކުރުމުން ޕޮޒިޓިވްވާ ކަމަށެވެ. އެހެންކަމުން ގިނަ މީހުން އެއްވާ ހާލަތްތަކުގައި މިކަންކަމަށް ސަމާލުކަން ދޭންޖެހޭކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ގިނަ މީހުން ބައިވެރިވެގެން މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތައް ނުބޭއްވޭގޮތަށް ކަނޑައަޅާފައި އޮތުމަށްފަހު، ދިން ލުއިތަކުގައި ވަކި އަދަދަކަށް މީހުން ބައިވެރިވެގެން ޕާޓީތަކާއި ހަފްލާތައް ބޭއްވުމަށް ވަނީ ހުއްދަ ދީފަ އެވެ.

ނަމަވެސް ކުރިންވެސް ޕާޓީތަކާއި،ހަފްލާތައް ބޭއްވި ގޮތަށް ބާއްވަން ހުއްދަ ދިން ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.