އެސްޓީއޯ އިން ކޯނޭ އެސްކަލޭޓަރ ތައާރަފްކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ) އިން ކޯނޭ އެސްކަލޭޓަރ ތައާރަފްކޮށްފި އެވެ.

ލިފްޓް އަދި އެސްކެލޭޓަރ މާކެޓުގައި ދުނިޔޭގެ އެންމެ މަގްބޫލު އެއް-ބްރޭންޑް “ކޯނޭ” ލިފްޓު ރާއްޖޭގެ މާކެޓުގައި ބޮޑު މަގްބޫލުކަމެއް ހޯދުމަށްފަހު، އެބްރޭންޑުގެ އެސްކެލޭޓަރ އެންމެ ފުރަތަމަ ހަރުކުރެވިގެންދާނީ އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި ހަދަމުންގެންދާ އެސްޖޭ ޝޮޕިންގ މޯލް ގަ އެވެ.

އިޝްތިހާރު Below Header ad

އެސްކެލޭޓަރ ރާއްޖެ ގެނެސް އިންސްޓޯލް ކޮށްދިނުމަށް އެސްޓީއޯއާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެނަރޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖަރ މުހައްމަދު އީމަން އެވެ. އެސްޖޭ ކޮންސްރަކްޝަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރ ޝިހާދު އިބްރާހިމް އެވެ.

ފިންލޭންޑްގެ އުފެއްދުމެއްކަމަށްވާ “ކޯނޭ” އެސްކެލޭޓަރ އަކީ ރައްކާތެރި، ތިމާވެއްޓާއި ރަހުމަތްތެރި އުފެއްދުމެކެވެ.

2020 ވަނަ އަހަރު “ފޯބްސް”އިން ހޮވާ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނިފައިވާ “ކޯނޭ”ގެ ޕްރޮޑަކްޓްތަކަކީ ރާއްޖޭގެ ގިނަ ކޮންޓްރެކްޓަރުންނާއި އިންޖިނިއަރުންގެ އިތުބާރު ލިބިފައިވާ އުފެއްދުންތަކެކެވެ.

މީގެ އިތުރުން މިޕްރޮޑަކްޓަކީ ISO 14001 ސޭފްޓީ މިންގަނޑުތަކުގައި ހިމެނި، އެންޓި ރައިޑް / އެންޓި ސަރފް ބެރިޔަރ އަދި ބަލުސްޓްރޭޑް އެކްސްޓެންޑްކޮށް، ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އުފެއްދުމެއް ވެސް މެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ގްރީން އެވޯޑްތަކެއް ހޯދާފައިވާ “ކޯނޭ” ބްރޭންޑްގެ އެސްކެލޭޓާގައި ހިމެނޭ ތިމާވެއްޓާއި ރަހުމަތްތެރި ކަންތައްތަކުގެ ތެރޭގައި ހައި-ސްޕީޑް މޯޓަރ ބޭނުންކޮށް ފުލް ސްޕީޑުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރު ކުޑަ ކޮށްދިނުމާއި، ލުބްރިކޭޝަން-ފްރީ ސްޓެޕް ޗެއިން ބޭނުންކުރުމުގެ އިޚްތިޔާރުލިބި، ތެޔޮ ބޭނުން ނުކޮށް އެސްކަލޭޓަރ ސާފުކުރެވި، ފަސޭފައިން މެއިންޓެއިންކުރުމަށް މަގުފަހި ކުރެވުން ހިމެނެ އެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި ލެޑް ލައިޓް އިން 80 އިންސައްތަ އާ ހަމައަށް ކަރަންޓު ޚަރަދު ކުޑަކޮށް ދެއެވެ. އަދި އީކޯ-އެފިޝަންޓް އޮޕަރޭޝަނަލް މޯޑުގައި އެސްކަލޭޓަރ އޮޕަރޭޓްކުރެވުން ވެސް ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.