ދިރާސީ އާ އަހަރު ފަށާނީ ކޮވިޑްގެ ކުރިން ކިޔަވައިދިން ވަގުތުތަކާއި އެއްގޮތަށް

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ ކޮވިޑް-19ގެ ކުރިން ކިޔަވައިދިން ވަގުތުތަކާއި އެއްގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑާއި ގުޅިގެން މިދިޔަ އަހަރުގެ ކިޔެމުން މެދުކަނޑާލަން ޖެހުމުން ދިރާސީ އަހަރު ފެށޭ ދުވަސްވަރު މިއަހަރުން ފެށިގެން ވަނީ ބަދަލުކޮށްފައި އެވެ. މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ދިރާސީ އަހަރު ފެށޭނީ އޮގަސްޓު މަހު އެވެ.

އިޝްތިހާރު Below Header ad

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ސޮއިކުރައްވާ މިއަދު ނެރުއްވި ސާކިއުލާއެއްގައި ބުނީ، ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާންމު ހާލަތުގައި ވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކަމަށެވެ. އެކަމަކު ފުރަތަމަ ދެ ހަފުތާގައި މާލޭ ސިޓީގެ ސްކޫލްތަކުގެ ކިޔެވުން ފެށޭ ގަޑި އެކި ގުރޭޑުތަކަށް ތަފާތުކޮށް، ވިހާ ވެސް ތޮއްޖެހުން ކުޑަވާނެ ގޮތަށް އިންތިޒާމު ކުރަން ވަނީ އަންގައިފަ އެވެ.

ކޯވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އާ އުސޫލެއް ސްކޫލުތަކަށް ކަނޑައަޅާފައިވާއިރު، އިތުރު ހަރަކާތްތައް ފެށޭނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ކުދިން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުންނެވެ. ސާކިއުލާގައި ވަނީ ކޯވިޑުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފައި އެވެ.

މި އޮގަސްޓް މަހު ރާއްޖެ އިން ބޭރުން އެނބުރި އައިސްފައިވާ ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުން، 5-7 ދުވަހުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތްތޯ ކަށަވަރުކުރުން.

– މި އޮގަސްޓް މަހުން ފެށިގެން މޮނިޓަރިންގައި އޮތް ރަށްރަށުން ދަތުރުކުރާ ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުން، 5-7 ދުވަހުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތްތޯ ކަށަވަރުކުރުން.

– ދަރިވަރުންނަށް މާސްކާ ނުލައި ތިން ފޫޓު ދުރުމިނުގައި، ތޮއްޖެހިގެން ނުތިބެ ހެލިފެލިވެ އުޅެވޭނެ ވަގުތުކޮޅެއް ޓޭބަލުގައި ހިމެނުން.

– އިންޓަވަލް ގަޑީގައި ދަރިވަރުން ތިން ފޫޓު ދުރުގައި ތިބެގެން ކެވޭނެ އިންތިޒާމު ހަމަޖެއްސުން.

– ހައި ރިސް ކެޓަގަރީގައި ހިމެނޭ ކުދިންނަށް މާސްކާ އެކު ފޭޝް ޝީލްޑް ބޭނުންކުރަން ފުރުސަތު ދިނުން.

ސްކޫލްގެ މުވައްޒަފުން ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފައި ވީ ނަމަވެސް، ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް ވެސް އަންގާފައި ވެ އެވެ.

މީގެ އިތުރުން ކޯވިޑް ކޮންޓްރޯލް ކުރުމަށް ކްލާސްތަކުގައި ވައި ދައުރުވާ ގޮތަށް ހުރިހާ ވަގުތެއްގައި ވެސް ދޮރުތައް ހުޅުވާފައި ބެހެއްޓުމާއި އިޖުތިމާއީ ގައިދުރުކަން ކްލާސްތަކުގައި ބެހެއްޓުމާއި އޭސީ ހަރުކޮށްފައިވާ ކްލާސްތަކުގައި ކުދިންގެ މެދުގައި ތިން ފޫޓުގެ ދުރުމިން ބެހެއްޓުމެވެ.

ކުދިން ސްކޫލަށް ވަންނައިރު މާސްކު އެޅުމާއި ހުން ބެލުމާއި އަތްދޮވުމާއި ސެނިޓައިޒްކުރުމާއި ޑިސްއިންފެކްޓްކުރުން ފަދަ ކަންކަން ކުރިން ވެސް ކުރަމުން އައި ގޮތަށް ކުރަން ވަނީ އަންގައިފަ އެވެ.

އެ މިނިސްޓްރީން ވަނީ އަންނަ މަހުގެއެއް ވަނަ ދުވަހުން ފެށީގެން ސްކޫލްތަކަށް ވަދެނުކުމެވޭނީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަމަށް ކަނޑައަޅާފައި އެވެ. އޭގެ ތެރޭގައި ދަރިވަރުން ނުހިމެނޭނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.