ޗައިނާގެ ހެނާން ޕްރޮވިންސްގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 300 އަށް އަރައިފި

ޗައިނާގެ މެދުތެރޭގައި ހުންނަ ހެނާން ޕްރޮވިންސަށް ކުރަމުންދާ ވިއްސާރައިގަ ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު300 އަށް އަރައިފި އެވެ.

ހެނާން ޕްރޮވިންސްގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ މިހާތަނަށް302 މީހުން ފެންބޮޑުވެގެން މަރުވެފައިވާ ކަމަށެވެ.ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު50 އަށް އަރާފައިވާ ކަމަށް ބުނެ އެވެ.

އިޝްތިހާރު Below Header ad

ވިއްސާރައިގަ ހެނާންގެ13 މިލިއަން މީހުންނަށް އަސަރުކޮށްފައިވާއިރު މީހުން ދިރިއުޅޭ9،000 ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި އެވެ.

އެންމެ ގިނަ މީހުން މަރުވެފައިވަނީ އެ ޕްރޮވިންސްގެ ޒެންގްޒައު އިންނެވެ. އެ ސިޓީގެ ބިމު އަޑިން މަގު ހުރަސް ކުރަން ހަދާފައިވާ ސަބްވޭތައް ބަންދުވެ އުޅަނދު ފަހަރުތައް ތަންތަނަށް ފުނިޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ ސިޓީގައި މަރުވެފައިވާ ގިނަ މީހުން ފެނިފައިވަނީ ގޭގޭގެ ގަރާޖުތަކުގެ ތެރޭގައި ތާށިވެފައި ތިއްބަ އެވެ. އަނެއް ބަޔަކު މަރުވެފައިވަނީ ސަބްވޭއިން މަގު ހުރަސް ކުރަން ބިމުގެ އަޑީގައި ހަދާފައިވާ މަގުތަކުން ދަނިކޮށް ފެން ބޮޑުވެ އެތަނުން ސަލާމަތްވެވޭނެ ގޮތެއް ނެތިގެން ތަށިވެގެންނެވެ.

އެ ސިޓީގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ މިދިޔަ ތިން ދުވަސް ތެރޭގައި އާންމުކޮށް އެ ސިޓީއަށް އަހަރަކު ވެހޭ ވަރަށް ވާރޭވެހިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.