މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކޮޕް 26 ގެ ޕާޓުނަރުންނާ ސަބްރާ މަޝްވަރާ ކުރައްވައިފި

ކޮޕް26 ގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެންމެ އިސްކަންދޭ ކަންކަމާ ބެހޭގޮތުން ބައިނަލްއަޤްވާމީ ޕާޓްނަރުންނާއެކު، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

ސްރީލަންކާގައި ޤާއިމުވެތިބޭ ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކާއެކު ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ވަކިވަކިން ބޭއްވެވި މި ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވަނީ ސްރީލަންކާގަ އެވެ.

އިޝްތިހާރު Below Header ad

ކޮޕް 26 ގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2021 ނޮވެންބަރު 1 އިން 12 އަށް އިނގިރޭސި ވިލާތުގެ ގްލަސްގޯ ގައެވެ.

ލަންކާގައި އޮތް މި ބައްދަލުކުރެއްވުންތަކުގައި ޞަބްރާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައިވެ އެވެ.

އެގޮތުން ދުނިޔޭގެ ފިނިހޫނުމިން މަތިވާ ނިސްބަތް 1.5ޑިގްރީ ސެސްސިއަސް އަށްވުރެ ދަށުގައި ބެހެއްޓުމުގެ ގޮތުން ބައިނަލްއަޤްވާމީ މުޖުތަޢުު ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުންނާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާ އެޑެޕްޓޭޝަންގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާއި އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމާއި އެޑެޕްޓޭޝަންނަށް ހުރި ފުރުޞަތާ ގުޅޭ މަޢުލޫމާތު ލިބޭގޮތަށް ކަންކަން ފަހިވެފައި އޮތުމުގެ މުހިންމުކަމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރެއްވި އެވެ.

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީނުގެ އަރިހުގައި މި ބައްދަލުކުރެއްވުން ތަކުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ބައްދަލުކުރެއްވި ފަރާތްތަކުގެ ތެރޭގައި ނޭޕާލުގެ ޗާޖް ޑި އެފެއާރޒްއާއި ނެދަލެންޑް، އަފްޣާނިސްތާނު، ވިއެޓްނާމް، އެމެރިކާ، ކޮރެޔާ، ޖަރމަން، ފްރާސް، ސްވިޒަރލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި ޔޫރަޕިއަން ޔޫނިއަންގެ ޑެލިގޭޝަންގެ އިތުރުން ސްރީލަންކާގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ސެކްރެޓަރީ ޑޮކްޓަރ އަނިލް ޖާސިންގހޭ ހިމެނި ވަޑައިގަންނަވަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.