ކަންދަހާރު އެއާޕޯޓަށް ތާލިބާނުން ހަމަލާ ދިނުމުން ފްލައިޓްތައް ކެންސަލް ކޮށްފި

އަފްޣާނިސްތާން އަސްކަރިއްޔާއިން ދިން ހަމަލާގެ ރައްދެއް ކަމަށް ބުނެ ތާލިބާނުން އަފްޣާންގެ ކަންދަހާރު އެއާޕޯޓަށް ރޮކެޓު ހަމަލާތަކެއް ދީފިކަމަށް ޓާލިބާންގެ ތަރުޖަމާން ބުނެފިއެވެ.

ރޮއިޓާސްއަށް މަޢުމޫލާތު ދެމުން ތާލިބާންގެ ތަރުޖަމާން ޒަބީއުﷲ މުޖާހިދު ބުނެފައިވަނީ، ކަންދަހާރު އެއާޕޯޓަށް ހަމަލާ ދީފައިވަނީ އަފްޣާން އަސްކަރިއްޔާއިން ތާލިބާނަށް ވައިގެ ހަމަލާތައް ދިނުމަށް އެތަން މައި މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރަމުންދާތީ ކަމަށެވެ.

އިޝްތިހާރު Below Header ad

މިކަމާ ގުޅޭގޮތުން އަފްޣާން ސަރުކާރުން ބުނެފައިވަނީ އެއާޕޯޓަށް ހަމަލާ ދިނުމުގެ ސަބަބުން ފްލައިޓްތައް ކެންސަލް ކޮށްފައިވާ ކަމަށާއި އެއާޕޯޓު ރަންވޭގެ އެއްބައި ހަލާކުވެފައިވާ ކަމަށެވެ. ބޭރުގެ މީޑީއާއަށް މަޢުލޫމާތު ދެމުން އެއާޕޯޓުގެ ޗީފް މައްސޫދު ޕަޝްތުން ބުނެފައިވަނީ، ރޭގެ ވަގުތެއްގައި އެއާޕޯޓަށް އަމާޒުކޮށް ތާލިބާނުން ރޮކެޓުގެ 3 ހަމަލާއެއް ދީފައިވާ ކަމަށާއި، އޭގެތެރެއިން 2 ހަމަލާއެއް އެއާޕޯޓު ރަންވޭއަށް އަރާފައިވާ ކަމަށެވެ. އަދި މިހަމަލާގެ ސަބަބަނުން ރަންވޭގެ އެއްބައި ހަލާކުވެފައި ވާތީ ފްލައިޓްތައް ކެންސަލް ކޮށްފައިވާ ކަމަށާއި، ރަންވޭ މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މިއަދުގެ ވަގުތެއްގައި އެއާޕޯޓު އަލުން ބޭނުންކުރެވޭ ވަރު ވާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިހަމަލާގައި އެއްވެސް މީހަކު މަރުވި ކަމެއް އަދި މީހަކަށް އަނިޔާއެއްވި ކަމެއް އެނގިފައި ނުވާ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.

އަފްޣާނިސްތާނުން އެމެރިކާއާއި ގުޅިގައިވާ ޤައުމުތަކުގެ އަސްކަރިއްޔާ ފޭބުމާއިއެކު ތާލިބާނުން ދަނީ ކަންދަހާރުގެ ވަށައިގެންވާ ހިސާބުތަކަށް ހަމަލާދީ، އެސަރަހައްދަށް އަތްގަދަ ކުރަމުންނެވެ. ތާލިބާންގެ ހަމަލާތަކުގެ ސަބަބުން ޕްރޮވިންސްގައި ވެރިކަންކުރާ ކަންދަހާރުވެސް އެމީހުންގެ ބާރުގެ ދަށަށް އަތުވެދާނެ ކަމުގެ ބިރު ވަނީ އެތައް ބަޔަކަށް ހީވެފައެވެ.

afganistan

އަފްޣާނިސްތާންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ކަންދަހާރުގައި ތާލިބާންގެ ހަމަލާތަކާއި އެމީހުންގެ ރޭވުންތައް ރެކޯޑުކޮށް ކޮންޓްރޯލް ކުރުމަށް ކަންދަހާރުގައި ހުންނަ ވައިގެ މަރުކަޒަކީ މުހިއްމު ރޯލެއް އަދާކުރާ މަރުކަޒެކެވެ.

ކަންދަހާރު އެއާޕޯޓަށް ހަމަލާ ދީފައި މިވަނީ އަފްޣާންގެ 2 ޕްރޮވިންސް ކެޕިޓަލް ކަމުގައިވާ ހެރާތުއާއި ލަޝްކަރް ގާޙް އެމީހުންގެ ބާރުގެ ދަށަށް މުޅިން ގެނައުމާއި ދާދި ކައިރިވެފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.