އެމެރިކާއަށް ދާން އެދުނު 20،000 އަފްގާން ރައްޔިތުންގެ ފުރަތަމަ ގްރޫޕު ވަރަށް ސިއްރުން ގެންގޮސްފި

އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ 20،000 އަފްގާނިސްތާން ރައްޔިތުންގެ ތެރެއިން އެމެރިކާއަށް ގެންދިޔަ ފުރަތަމަ ގްރޫޕު ގެންގޮސްފި އެވެ.

އެމެރިކާގެ ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހެނދުނު ފުރަތަމަ ގްރޫޕު ގޮވައިގެން އެމެރިކާއަށް ފްލައިޓު ގޮސްފައިވާ ކަމަށެވެ. އެ ދަތުރުގައި 221 މީހުން ގެންދިޔަ ކަމަށާއި އޭގެ ތެރޭގައި 72 ކުޑަކުދިން ހިމެނޭ ކަމަށެވެ.

އިޝްތިހާރު Below Header ad

އެމެރިކާއަށް ބަދަލުވާން އެދުނު 20،000 މީހުންނަށްކީ ވޭތުވެދިޔަ 20 އަހަރު އެމެރިކާ ސިފައިން އިސްވެ އޮވެ އަފްގާނިސްތާނުގައި ކުރިޔަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަންގައި ވަފާތެރިކަމާއި އެކު އެމެރިކާއަށް އެއްބާރުލުންދީ މަސައްކަތްކޮށް ކޮށްދިން މީހުންނެވެ. އެމީހުންނަށް އެމެރިކާގައި ދިރިއުޅެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަކީ އެމެރިކާއިން އެ މުވައްޒަފުންނަށް ވީ ވައުދެކެވެ.

އެމީހުން އޮގަސްޓު މަސް ނިމުމުގެ ކުރިން އެ ގައުމަށް ގެންދާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފައިވެ އެވެ. އެމީހުންނާއި އެކު އާއިލާތައް އެމެރިކާއަށް ބަދަލުވުމުގެ ފުރުސަތު ދީފައިވާތީ  އެމެރިކާއަށް ބަދަލުވާ އަފްގާން ރައްޔިތުންގެ އަދަދު ލައްކައަކަށް އަރާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރެ އެވެ.

މިގޮތަށް ބަދަލުވާ އެންމެ އެމެރިކާގެ އެކި ސިޓީތަކަށް ބަހާލަން ނިންމާފައިވާއިރު އެމީހުންގެ ދިރިއުޅުމުގެ ކަންކަން ފަށައިގަތުމަށް ފައިސާ އާއި އެހެނިހެން އެހީ ފޯރުކޮށްދެނީ އެމެރިކާ ސަރުކާރާއި ގުޅިގެން އދ. އިންނެވެ. މި އިންތިޒާމްތައް ހަމަޖެހެންދެން އެމީހުން ބޭތިއްބުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ އަސްކަރިއްޔާގެ އެކި ބޭސްތަކުގައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާއަށް މަސައްކަތް ކޮށްދިން އަފްގާން މުވައްޒަފުން ގެންދިޔުމުގެ އޮޕަރޭޝަން އެމެރިކާއިން ކުރިޔަށް ގެންދަނީ ވަރަށް ސިއްރުންނެވެ. އަފްގާންގައި ހުންނަ އެމެރިކާ އެމްބަސީން ބުނީ ވިހާވެސް ސިއްރުން އެމީހުން އެ ގައުމުން ބޭލޭތޯ ބަލަނީ ދިރިއުޅުން ބަދަލު ކުރާ މީހުންގެ ފުރާނައަށް ކުރިމަތިވެދާނެ ނުރައްކަލަކަށްޓަކައި ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.