އެސްޓީއޯއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް!

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ޢާންމުކުރި މާލީ ހިސާބުތަކުން ދައްކައިފި އެވެ.

އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 1.2 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 70 ޕަސެންޓު އިތުރު އަދަދެކެވެ.

އިޝްތިހާރު Below Header ad

އާމްދަނީގެ ބޮޑުބައެއް ހިއްސާކޮށްފައިވަނީ އެސްޓީއޯއިން ކުރާ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ކަމަށާއި އެގޮތުން ތެލުގެ ވިޔަފާރިން އެކަނިވެސް 1.4 ބިލިއަން ރުފިޔާ ލިބުނުއިރު، އެ ނޫން ވިޔަފާރިތަކުން 770 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ހިސާބުން ދައްކަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓީއޯގެ އެސެޓަކީ 6.7 ބިލިއަން ރުފިޔާ އެވެ. އެ ކުންފުނިން ދެވަނަ ކުއާޓަރުގައި ސަބްސިޑަރީ ކުންފުނިތަކަށް 150 މިލިއަން ރުފިޔާ ވަނީ އިންވެސްޓްކޮށްފަ އެވެ.

ސާފު ފައިދާގެ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި 110 މިލިއަން ރުފިޔާ ލިބުނު އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 105 މިލިއަން ރުފިޔާގެ ސާފު ފައިދާއެކެވެ.

އާމްދަނީއާއި ސާފު ފައިދާގެ އިތުރުން ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ޖުމުލަ ހަރަދުވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފަ އެވެ.

ކުންފުނީގެ އެހެނިހެން މާލީ އުސްއަލިތަކަށް ބަލާއިރު، ހިއްސާއަކަށް ލިބުނު އާމްދަނީ އާއި ކުންފުނީގެ ރިޒާވްގެ އިތުރުން ކުންފުނީގެ އަގު ވަނީ އިތުރުވެފަ އެވެ.

ނަމަވެސް އެ ކުންފުނީގެ ގްރޫޕްގެ ދަށުން ހިންގާ ހުރިހާ ކުންފުންޏަކަށް ޖުމުލަ ލިބުނު ފައިދާ މިދިޔަ އަހަރު ދަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.