ގުޅުން ރަނގަޅުވޭތޯ ބަލަން އެމެރިކާއަށް ކަނޑައަޅާފައިވާ ޗައިނާ ސަފީރު ބަދަލުކޮށްފި

މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް ގުޅުން ރަނގަޅުވޭތޯ ބަލަން ޗައިނާއިން އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރު ބަދަލުކޮށްފި އެވެ.

ޗައިނާއިން އަލަށް އެމެރިކާއަށް ކަނޑައެޅީ އެގައުމުގެ ފޮރިން މިނިސްްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ކިން ގޭންގް އެވެ. މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ޗައިނާ އެމްބަސީގައި އޭނާ ވަނީ ވާހަކަދައްކަވާފައި އެވެ.

އިޝްތިހާރު Below Header ad

ކިން ވިދާޅުވީ ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަކީ އެންމެ އިސްކަން ދެއްވާނެ އެކަން ކަމަށެވެ. އަދި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.

އާ ސަފީރު މިހެން ވިދާޅުވި އިރު މިފަހަކަށް އައިސް އެއްވެސް ގޮތަކަށް ޗައިނާ އާއި އެމެރިކާ އެއްގަލަށް އަރައިގެން ވާހަކަ ދައްކާ ތަނެއް ނުފެނެ އެވެ އެގޮތުން ވިޔަފާރި އާއި ޓެކްނޮލިޖީ އާއި ސިއްހީ ދާއިރާއިންވެސް ދެ ގައުމުގެ ދެމެދުގައި ސީދާ ބަހުގެ ހަމަލާތައް ދަނީ ބަދަލު ކުރަމުންނެވެ.

އެންމެ ފަހުން އިއްޔެ ޗައިނާއިން ވަނީ ކޮވިޑުގެ އަސްލު ހޯދަން ޗައިނާއަށް ނުގޮސް އެމެރިކާއަށް ދިއުމަށްވެސް ޑަބްލިއުއެޗްއޯއަށް ގޮވާލާފައި އެވެ.

އެމެރިކާގައި ހުންނަ ޗައިނާ ސަފީރު ބަދަލު ކުރި އިރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމާއި ހަވާލުވި ފަހުން ޗައިނާއަށް ސަފީރަކު ކަނޑައަޅާފައެއް ނުވެ އެވެ. އެކަމަކު ވަރަށް އަވަހަށް ޗައިނާއަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި ނިކޮލަސް ބާންސް ހަމަޖައްސާނެ އެވެ.

ނިކޮލޮސް ވަނީ މީގެ ކުރިން ނޭޓޯއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމު އަދާކޮށްފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.