ޕީޕީއެމްއިން ވަކިވުމަކީ މިހާތަނަށް ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސް: މުހަންމާ

ޕީޕީއެމްއިން ވަކިވަކި ވަކިވުމަކީ މިހާތަނަށް އޭނާގެ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޢަބްދުﷲ (މުހަންމާ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ޕީޕީއެމްއާއި އަލުން ގުޅިވަޑައިގެން، ވާހަކަ ދައްކަވަމުން ނެވެ.

އިޝްތިހާރު Below Header ad

ރޭ ބޭއްވި ޚާއްސަ ޖަލްސާގައި މުހަންމާ ވިދާޅުވީ އޭނާ ޕީޕީއެމްއާއި އަލުން ގުޅުނީ މިހާރު ވެރިކަން ކުރަމުންދާ ރައްޔިތުންނާއި ދުރު ވެރިން، ވެރިކަމުން ދުރުކޮށް ރައީސް ޔާމީން އަލުން އިންތިޚާބު ކުރުމަށް ކަމަށެވެ.

” އެމަސައްކަތުގައި ޕީޕީއެމްއިން ކުރާ ކޮންމެ ކަމެއްގައި އެންމެ ކުރީ ސަފުގައި ހުންނާނަން. ޕީޕީއެމްއާއި ދުރަށް ދެވުނީތީ ނިހާޔަތަށް މަޢާފަށް އެދެން. އަދި ޕީޕީއެމްއާއި ދުރަށް ދެވުނީތީ ރައީސް ޔާމީނާ ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން ވެސް މަޢާފަށް އެދެން.” މުހަންމާ ވިދާޅުވި އެވެ.

މުހައްމާ ޕީޕީއެމްއާއި ގުޅުމުގެ ކުރިން އޭނާ އެންމެފަހުން ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ އެވެ. އަދި އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު ހުންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކުރިން ބުނި 12 މެމްބަރުންގެ ތެރޭގައި ވެސް މުހައްމާ ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.