މިއަހަރު ނިމޭއިރު އެމެރިކާ ސިފައިން އިރާގުން ފައިބާނެ ކަމުގެ ޔަގީންކަން ދީފި

އިރާގުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން މިއަހަރުގެ ނިޔަލަށް އެ ގައުމުން ފައިބާނެ ކަމުގެ ޔަގީންކަން އެމެރިކާިން ދީފި އެވެ.

އެ ޔަގީންކަން ދީފައިވަނީ އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކަދީމީ އާއި ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމަށް ފަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން އެވެ. ރައީސް ބައިޑަން ވިދާޅުވީ މިއަހަރު ނިމެންވާއިރަށް އިރާގުގައި އެގައުމު ސިފައިން ކުރިޔަށް ގެންދާ މުޅި އޮޕަރޭޝަން ހުއްޓުމަކަށް ގެންނާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އިރާގުގައި ހަރަކާތްތެރިވާ އެމެރިކާ އަސްކަރީ ޓީމުގައި 2،500 ސިފައިން ހަރަކާތްތެރިވެ އެވެ. އެޓީމުން ދަނީ އައިސް ޖަމާއަތާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އިރާގު ސިފައިންނާއި ގުޅިގެން އޮޕަރޭޝަންތައް ހިންގާ ގައުމު ހަމަމަގަށް އެޅުވުމަށް ހިންގާ އޮޕަރޭޝަންތަކުގައި އެހީތެރިވަމުންނެވެ.

ބައިޑަން ވިދާޅުވީ އޮޕަރޭޝަންތައް ހުއްޓާލާ ސިފައިން ފޭބި ނަމަވެސް އިރާގު ސިފައިންނަށް ތަމްރީން ދިނުމާއި ލަފާ ދިނުމައި އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށެވެ.

އެމެރިކާއިން މިގޮތަށް ނިންމާފައި މިވަނީ އިރާގުގައި އެމެރިކާ ސިފައިން ތިބެން ބޭނުން ނުވާކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފައިވަނިކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.