ޓިއުނީޝިއާގައި ހުންނަ އަލްޖަޒީރާ އޮފީހަށް ފުލުހުން ވަދެ ބަންދު ކޮށްފި

ޓިއުނީޝިއާގެ ވެރިރަށް ޠޫނިސްގައި ހުންނަ އަލްޖަޒީރާގެ އޮފީހަށް އެޤައުމުގެ ފުލުހުން ވަދެ، އެތަނުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާއި ނޫސްވެރިން އެތަނުން ނެރުމަށްފަހު، އެއޮފީސް ބަންދުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ޠޫނިސްގައި މަސައްކަތް ކުރާ އަލްޖަޒީރާގެ ނޫސްވެރިން ބުނިގޮތުގައި، ހަތިޔާރާއެކު އާންމު ހެދުމުގައި ފުލުހުން އެތަނަށް ވަދެ އޮފީސް ބަންދުކުރީ، އެފަދަ ގޮތަކަށް އޮފީސް އިދާރާ ނުވަތަ އިމާރާތަކަށް ވަނުމަށް ބޭނުންވާ ކޯޓު އަމުރެއް ނުވަތަ ވޯރަންޓެއް ވެސް ނެތިއެވެ. ޠޫނިސްގައި ހުންނަ އަލްޖަޒީރާ އޮފީހުގެ އެންމެ އިސް ވެރިޔާ ލޮފްތީ ހައްޖީ ބުނެފައި ވަނީ، އޮފީސް ހުސްކުރުމަށް އަންގާ އަދި ސަލާމަތީ ބާރުތަކުން އަންނަ ކަމުގެ އެއްވެސް އަމުރެއް އަދި އިޝާރާތެއް ވެސް ކުރިން އެމީހުންނަށް ލިބިފައި ނުވާކަމަށެވެ.

އިޝްތިހާރު Below Header ad

ނޫސްވެރިންނާއި މުވައްޒަފުން އިމާރާތުން ނިކުތުމަށް އަމުރު ކުރަމުން ފުލުހުން ބުނެފައި ވަނީ، އެމީހުން އަމަލު ކުރަމުން ދަނީ ޝަރުއީ އިދާރާތަކުން އެމީހުންނަށް ކޮށްފައިވާ އަމުރާއި އެއްގޮތަށް ކަމަށެވެ. އަދި ފޯނުތައް ވެސް ނިއްވާލުމަށް ފުލުހުން އަމުރު ކުރި ކަމަށާއި، އޮފީހުގައި ބަހައްޓާފައި ހުރި ތަކެތި ނެގުމަށް ވެސް އަލުން އިމާރާތައް ވަނުމަށް މުވައްޒަފުންނަށް ހުއްދަ ދީފައި ނުވާކަމަށް އަލްޖަޒީރާގައި މަސައްކަތް ކުރާ ނޫސްވެރިން ބުނެފައިވެއެވެ.

ފުލުހުން ވަނީ އިމާރާތުގައި ހުރި ހުރިހާ ސާމާނެއް ވެސް ހިފަހައްޓާފައެވެ.

ރިޕޯޓާރސް ވިތައުޓް ބޯޑާރސްއިން ބުނެފައި ވަނީ، ޓިއުނީޝިއާގައި ހުންނަ އަލްޖަޒީރާގެ އޮފީހަށް ވަދެ އެތަން ބަންދުކުރުމާއި، ސިޔާސީ ކޯޅުންތަކަށް މީޑިއާ ވެއްދުން އެޖަމިއްޔާއިން ކުށްވެރި ކުރާ ކަމަށެވެ.

ފާއިތުވި އާދީއްތަ ދުވަހު މިހާރު ޓިއުނީޝިއާގެ ރައީސްކަން ކުރައްވާ ރައީސް ކައިސް ސައީދް އެޤައުމުގައި ކުރިން އޮތް ސަރުކާރު ވައްޓާލައި

ވެރިކަމަށް އިސްވުމުން މިހާރުގެ އިދިކޮޅު ފަރާތްތަކުން އެއީ ބަޣާވާތެއް ކަމަށް ބުނެ، ޓިއުނީޝީއާގެ ސިޔާސީ މަސްރަހު ވަނީ ހަލަބޮލި ވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.