ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެމްއެންޕީ އިން ފާޅުކޮށްފި

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ފާޅުކޮށްފި އެވެ.

އެ ޕާޓން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރުން ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި އިންތިޚާބު އެމްއެންޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ނާޒިމް ވަނީ މިއަދު ވިދާޅުވެފަ އެވެ.

” ޕާޓީގެ ރިޔާސީ ޓިކެޓް ދޭނީ ޕާޓީން ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް. ޕްރައިމަރީގައި ނާޒިމް ވެސް ވާދަކުރައްވާނެ. އަދި ޕްރައިމަރީއާއި އެޕާޓީގެ އެހެން އިންތިޚާބުތައް ކުރިއަށްގެންދާނީ ދެފުށް ފެންނަގޮތަށް. އެކަންކަން ބަަަލައި މޮނިޓަރކުރުމަށް ތިންވަނަ ފަރާތެއް ހަރަކާތްތެރިވާނެ.” އެމްއެންޕީ އިން ބުންޏެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކާރނަލް ނާޒިމް ވިދާޅުވީ ޕާޓީގެ ލީޑަރޝިޕްގެ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ގިނަވެގެން މަގާމުގައި ތިއްބެވޭނީ ދެ ދައުރަށް ކަމަށް އަސާސީ ގަވައިދުގައި ހިމަނުއްވާނެ ކަމަށާއި މިއީ ޒުވާނުންނަށް ފުރުސަތު ދިނުމަށް ހަދާ ގޮތެއް ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ސިޔާސީ ޕާޓީއަކަށް އެމްއެންޕީ ނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަކީވެސް ވަކި މީހެއްގެ ފަހަތުން އަބަދުވެސް އެނބުރޭ ޕާޓީތައް ކަމަށެވެ.

އެމްއެންޕީގެ މައިގަނޑު ބޭނުމަކީ އެކަން ނައްތާލުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އެޕާޓީއަށް މެމްބަރުން ހޯދުމާއިގުޅޭގޮތުން ނާޒިމް ވިދާޅުވީ ވަރަށް އަވަހަށް އެ ހަރަކާތް ފެށޭނެ ކަމަށެވެ. އަދި މިއަހަރުގެ ސެޕްޓްމަބަރު މަހު ޕާޓީ އުފައްދަން ޖަލްސާއެއް ބާއްވަން ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.

އެމްއެންޕީ އުފެއްދުމުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު (ޖޭފޯ) އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ބައިވެރިވެ އެވެ. އެ ބޭފުޅުން ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.