މިނިވަން ދުވަހުގެ މުނާސަބާގައި ރައީސް މާދަމާ ގައުމާ މުޚާތަބު ކުރައްވަނީ!

ދިވެހިރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މާދަމާ ޤައުމާއި މުޚާތަބް ކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބް ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގަ އެވެ.

އިޝްތިހާރު Below Header ad

ހޯމް މިނިސްޓްރީން ބުނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 5:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

“ރަސްމީކޮށް ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނީ މާލޭގައި، ޖުމްހޫރީ މައިދާނުގަ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއި ދަޢުލަތުގެ އިސްވެރިން ބައިވެރިވަޑައިގަތުމަށް ހަމަޖެހިފައިވޭ. ދިދަނެގުމުގެ ރަސްމިއްޔާތުގައި ޚާއްސަ ދުޢާއެއްކުރުންވެސް އޮންނާނެ. ރަށްރަށުގައި ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތުގައި އެ ރަށެއްގެ ސަރުކާރުގެ އޮފީސްތަކާއި އާއްމުންނަށްވެސް ބައިވެރިވެވޭނެ.” ހޯމް މިނިސްޓްރީން ބުންޏެވެ.

މިނިވަން ދުވަސް އެހެން އަހަރުތަކުގައި ކުލަގަދަކޮށް ފާހަގަކުރިނަމަވެސް، މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް އިތުރު ހަރަކާތްތައް ނުބޭއްވުމަށް ހޯމް މިނިސްޓްރީންވަނީ ނިންމަވާފަ އެވެ. މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 ނެތް ރަށްތަކުގައި ރަށު ފެންވަރުގައި ހަރަކާތްތައް ކުރިއަށްގެންދެވޭނެކަމަށާއި އެހެންނަމަވެސް ރަސްމީ އެއްވެސް ހަރަކާތެއް މިއަހަރު ކުރިއަށްނުދާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެ އެވެ.

ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ އަތްދަށުން ދިވެހި ޤައުމަށް މިނިވަންކަން ލިބުނު ދުވަހުގެ އުފާވެރި މުނާސަބަތުގަ އެވެ.

އިނގިރޭސީންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.