ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިންގ އަށްލައިފި

ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިންގ އަށްލައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބުނީ މިފަހަރު މޮނިޓަރިންގ އަށް ލާފައިވަނީ ފްލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކަމަށެވެ.

އިޝްތިހާރު Below Header ad

” ހުމާއި ރޯގާގެ އަސަރު ހުރެގެން އިއްޔެ ފްލޫ ސާމްޕަލް ނެގި 13 އަހަރުގެ ކުއްޖަކު ވަނީ ކޮވިޑް 19 އަށް ޕޮޒުޓިވް ވެފަ. އެހެންކަމުން މި ކޭސް އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް މިހާރުވަނީ ފަށާފަ.” ކޭއާރްއެޗް އިން ބުންޏެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު އެ ސިޓީއަށް އެރުން މަނާ ކޮށްފައިވާ ކަމަށެވެ.

އެ ކައުންސިލުން އިތުރަށް ބުނީ ސިއްހީ ފަރުވާ ހޯދުމަށް އެ ސިޓީއަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން އަމަލު ކުރާނީ ޖޫން 5 ،2021 ގައި “ސިއްހީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުމާ ގުޅޭ” ސަރކިއުލަރ އާ އެއްގޮތަށް ކަމަށެވެ.

ކޮވިޑާ ގުޅިގެން އެރަށް ޖޫން މަހުގެ 9 ވަނަ ދުވަހު މޮނީޓަރިންއަށް ލުމަށް ފަހު 19 ދުވަސް ފަހުން މޮނިޓަރިންގ ގެ ހާލަތުން ނަގާފައިވާ އިރު، ކޮވިޑް ކޭސް ފެނިގެން އެކިފަހަރުމަތިން ކުޅުދުއްފުށި ސިޓީ ވަނީ މީގެ ކުރިން ވެސް މޮނީޓަރިންގ އަށް ލާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.