ކޭސްތައް އިތުރުވެ ވިއެޓްނާމްގެ ވެރިރަށް ބަންދު ކޮށްފި

ކޮރޯނާ ވައިރަސް ފެތުރުން އިތުރުވުމުން ބަލި ފެތުރުން ކޮށްޓްރޯލް ކުރުމަށް ވިއެޓްނާމްގެ ވެރިރަށް ހަނޯއި 15 ދުވަހަށް ބަންދު ކޮށްފިއެވެ.

ހަނޯއީ ބަންދު ކުރުމަށް ހުކުރު ދުވަހު ނެރުނު އަމުރުގައި، 2 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާ ކުރުމާއި ހޮސްޕިޓަލްތަކާއި ސަރުކާރުގެ އޮފީސް އަދި ޒަރޫރީ ވިޔަފާރިތައް ފިޔަވައި އެހެން ތަންތަން ބަނދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އިޝްތިހާރު Below Header ad

ހުކުރުދުވަހުގެ މި އަމުރާއެކު 8 މިލިއަން މީހުން ދިރިއުޅޭ ހަނޯއިގެ މަގުތަކާއި މައިޒާންތައް މިހާރުވަނީ ހުސްވެ، ފިހާރަތައްވެސް ބަންދު ކޮށްފައެވެ. ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ފާއިތުވި ހަފްތާގައި ވެސް މީހުން ގިނައިން އެއްވާފަދަ ހަފްލާތަކާއި ޕާޓީތައް ބޭއްވުން ވަނީ މަނާ ކޮށްފައެވެ. އަދި ކުދި ވިޔަފާރިތައް ވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ.

ވިއެޓްނާމްގައި ފާއިތުވި ހުކުރު ދުވަހު 7،295 މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު ހަނޯއިއިން ފައްސި ވެފައިވަނީ 70 މީހުންނެވެ. އެޤައުމުން ފައްސިވި މީހުންގެ ތެރެއިން 5000 މީހުން ފައްސިވެފައި ވަނީ ދެކުނުގެ ހިސާބެއް ކަމަށްވާ ހޯ ޗީ މިން ސިޓީއިންނެވެ. އެސިޓީގައި ފިޔަވަޅުތައް ވަރުގަދަކޮށް، ލޮކްޑައުން މުއްދަތު އޮގްސްޓް 1 އާއި ހަމައަށް މިހާރު ވަނީ އިތުރު ކޮށްފައެވެ.

މިއަހަރު އެޕްރިލްއިން ފެށިގެން ވިއެޓްނާމްގައި ކޮވިޑް ފެތުރުން އިތުރުވެ، މިހާތަނަށް 83،000 މީހުން ފައްސިވެ 335 މީހުން ވަނީ މަރުވެފައެވެ. ފާއިތުވި އަހަރު ދުނިޔޭގެ އެތައް ޤައުމަކަށް ކޮވިޑް19 ގެ ރާޅުތައް އަރާފައިވާއިރު ވިއެޓްނާމް ވެފައިވަނީ ކާމިޔާބު ކަމާއެކު އެބަލިމަޑުކަން ކޮންޓްރޯލް ކުރި ޤައުމަކަށެވެ. ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، ބަލި ކޮންޓްރޯލް ކުރުމަށް އެޤައުމުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު 2022 ގެ ކުރިން ކޮވިޑްގެ ނުރައްކަލުން ސަލާމަތް ވެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ވިއެޓްނާމްގެ ޤަވާއިދުގައިވާ ގޮތުން ފައްސިވާ އެންމެންނަށް ވެސް ފަރުވާ ދޭނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. ނަމަވެސް ބައެއް ހިސާބުތަކުގައި މިޤަވާއިދު މިހާރު ދަނީ ބަދަލުކޮށް، ގޭގައި ބައިތިއްބައިގެން ފަރުވާ ދެމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.