ކޮވިޑުގެ އަސްލު ދެނެގަތުމަށް އެއްބާރުލުން ދިނުމަށް އދ. އިން ޗައިނާއަށް ގޮވާލައިފި

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ފެތުރެން ފެށި ގޮތުގެ އަސްލު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކުރިޔަށް ގެންދާ ދިރާސާއަށް އެއްބާރުލުން ދިނުމަށް އދ. އިން ޗައިނާއަށް ގޮވާލައިފި އެވެ.

ކޮވިޑް-19 ކޭސްއެއް އެންމެ ފުރަތަަމަ ފެނިފައިވަނީ2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީންނެވެ. ބަލި ފެތުރިފައިވަނީ އެ ސިޓީގެ ޖަނަވާރު މަސް ވިއްކާ މާރުކޭޓަކުން ކަމަށް ބުނިނަމަވެސް މިފަހުން އެހެން ގައުމުތަކާއި ޑަބްލިއުއެޗްއޯއިން ކޮށްފައިވާ ދިރާސާތަކުން އެނގިފައިވަނީ ބަލި ފެތުރެން ފެށީ އެތަނުން ނޫން ކަމަށާއި ބަލި ފުރަތަމަ ފެނުނު ކަމަށް ބުނާ ތާރީހުވެސް ގޯސް ކަމަށެވެ.

އިޝްތިހާރު Below Header ad

ޑަބްލިއުއެޗްއޯއިން މިހާރު ޗައިނާއަށް ދިއުމަށް މަސައްކަތް ކުރަނީ އެ ޖަމާއަތުން ފަށާފައިވަނީ ދިރާސާގެ ދެވަނަ ބައި ކުރިޔަށް ގެންދާށެވެ. އެކަމުގެ ހުއްދައަށް އެދުމުން ބުރާސްފަތި ދުވަހު ޗައިނާއިން ވަނީ ޑަބްލިއުއެޗްއޯގެ ޓީމަށް ދިރާސާ ކުރުމަށް ޗައިނާއަށް ނޭރޭނެ ކަމަށެވެ.

އަދި ޑަބްލިއެޗްއޯއިން ކުރި ދިރާސާގެ ފުރަތަމަ ބައިގަ ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށާއި ވައިރަސް ފެތުރިފައިވަނީ ލެބޯޓަރީން ކަމަށް ބުނުމަކީ އެ ގައުމަށް ބަދުބަސް ބުނުން ކަމަށް ޗައިނާއިން ސިފަކުރެ އެވެ.

ޗައިނާގެ މި ނިންމުމާއި ގުޅިގެން އަދ. އިން ވަނީ ޗައިނާގެ އިތުރުން އެހެން ގައުމުތަކުން ޑަބްލިއުއެޗްއޯއިން ކޮވިޑު-19 އާއި ގުޅިގެން ކުރާ ދިރާސާތަކަށް އެއްބާރުލުން ދިނުމަށް އެދިފަ އެވެ. އަދި ބުނީ ދެން ކުރަން ހަމަޖެހިފައިވާ ދިރާސާތަކުގެ އަލީގައި ބައްޔާއި ގުޅޭގޮތުން ހޯދަން ބޭނުންވާ އިތުރު މައުލޫމާތު ލިބޭެނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބުނެ އެވެ.

ޑަބްލިއުއެޗްއޯއިން މިއަދު ބުނީ ދެ ވަނަ ބައިގަ ވޫހާއިން ކޮވިޑު ފެނުނު ސަރަހައްދުގައި ހުރި ލެބޯޓަރީތަކާއި ރިސާޗް ސެންޓަރުތަކުގެ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން އަދި އިތުރު ތިން ބައި މި ދިރާސާގައި ހިމެނޭ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.