ޗައިނާގެ ރައީސް ޝީ ޓިބެޓަށް ވަރަށް ސިއްރު ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

ޗައިނާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ޓިބެޓަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި އެވެ.

ރައީސް ޝީގެ މި ދަތުރުފުޅަކީ ވަރަށް ސިއްރުން ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅެކެވެ. މިދިޔަ ބުދަ ދުވަހު ޝީ ޓިބެޓަށް ވަޑައިގެންނެވި އިރު ޗައިނާގެ ދައުލަތުގެ މީޑިއާ ސީސީޓީޓީއިން އެކަން ވީޑިއޯ އާއި އެކު ހާމަ ކުރީ މިއަދު ދަތުރުފުޅަށް ފަހު އެނބުރި ބެއިޖިންއަށް ވަޑައިގެންނެވުމުންނެވެ.

އިޝްތިހާރު Below Header ad

އެ ޗެނަލުން އާންމު ކުރި ވީޑީއޯގައި ފެންނަނީ ރައީސް ޝީ ދަތުރުފުޅަށް ފަހު ފުރާވަޑައިގެންނެވުމަށް ބަތިންދާ ބޯޓަށް އެރުމުން މީހުން އަތް ހޫރައި އަލްވަދާއު ކިޔާ ތަނެވެ. މިދަތުރުފުޅުގައި ސަރުކާރުން ޓިބެޓުގައި ކުރިޔަށް ގެންދާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް ޝީ ހޯއްދެވި ކަމަށް ސީސީޓީވީން ރިޕޯޓު ކޮށްފައިވެ އެވެ.

އަދި ރައީސް ޝި ވަނީ ޓިބެޓުގައި ދިރިއުޅޭ ބުދު ދީނުގެ ރޫހާނީ ލީޑަރު ކަމަށް ބުނާ ދަލައިލާމާ އާއި ބައްދަލު ކޮށްފައި އެވެ.

މިއީ ޝި ޗައިނާގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ޓިބެޓަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އޭގެ ކުރިން 2011 ވަނަ އަހަރު ޝީ ޓިބެޓަށް ވަޑައިގެންނެވީ ޗައިނާގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިރު އެވެ.

އަދި މިއީ ޗައިނާގެ ރައީސްކު 1990 ވަނަ އަހަރުގެ ފަހުން ޓިބެޓަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ. ޓިބެޓުގެ އެކްޓިވިސްޓުން މީޑިއާގައި ބުނީ ދަތުރުފުޅުގެ ވާހަކަ މީޑިއާއަށް ތިލަ ނުވާނެ ގޮތެއް ހެދުމަށް މުޅި ޓިބެޓު ޗައިނާ ސަރުކާރުން ދިޔައީ މޮނިޓާ ކުރަމުން ކަމަށެވެ.

ސީސީޓީވީން ބުނީ ދަތުރުފުޅު ސިއްރު ކުރެއްވީ ރައީސް ޝީގެ ރައްކަލަކަށްޓަކައި ކަމަށެވެ.

ޗައިނާގެ ބާރުގެ ދަށުގައި ޓިބެޓު އޮތް ނަމަވެސް ޓިބެޓުގެ ރައްޔިތުންނަކީ ޗައިނާގެ ސަރުކާރާއި ދެކޮޅަށް އަބަދުވެސް މަސައްކަތް ކުރާ ބައެކެވެ. އެއީ ޗައިނާގެ ސަރުކާރުން ޓިބެޓުން ބުދު ދީން ނައްތާލަން މަސައްކަތް ކޮށް އަނިޔާވެރިކަމަށް ހިތްވަރުދޭތީ ކަމަށް ބުނެ އެވެ.

ޗައިނާގެ ބާޜުގެ ދަށަށް ޓިބެޓު ގެންދިޔައީ 1950 ވަނަ އަހަރު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.