ވައިޓް ހައުސް ސަރަހައްދުގައި ބަޑީގެ ހަމަލާތަކެއް ދީފި

އެމެރިކާގެ ވައިޓް ހައުސް ސަރަހައްދުގައި ބަޑީގެ ހަމަލާތަކެއް ދީފި އެވެ.

ޚަބަރުތައް ބުނާ ގޮތުން ވޮޝިންގޓަން ޑީސީ ގައި މި ހަމަލާ ދީފައިވަނީ ރެސްޓޯރަންޓެއްގެ ބޭރުގަ އެވެ. އަދި ޙަމަލާތައް ދީފައިވަނީ ވައިޓްހައުސްއާ މާ ދުރު ނޫން ހިސާބެއްގައި، ހަތިޔާރު އަޅައިގެން ހުރި މީހަކެވެ.

އިޝްތިހާރު Below Header ad

އެގޮތުން ވައިޓްހައުސް އެންމެ 1.5 ކިލޯމީޓަރު ދުރުގައި ހަތިޔާރު ހިފައިގެން ހުރި މީހާ، 20 ފަހަރެއްގެ މަތިން ބަޑި ޖެހި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މަންޒަރު ދުށް މީހަކު ބުނީ ހަމަލާ ދިނުމަށް ފަހު ކާރަކަށް އަރައިގެން ދުއްވާފައި ދިޔައީ ކަމަށެވެ.

އެމެރިކާގައި ހިންގާ ޖިނާއީ ކުށްތައް ނިސްބަތުން މަދުވި ނަމަވެސް ބަޑީގެ ހަމަލާތައް ދޭ މިންވަރު ދަނީ އިތުރު ވަމުން ނެވެ.

2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ނިސްބަތް އިތުރު ވަމުން އަންނަ އިރު، މި އަހަރުގެ މިހާ ހިސާބަށް ބަޑީގެ ހަމަލާތަކާ ގުޅޭ 471 ކޭހެއް ވަނީ ރެކޯޑް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރުގެ މިހާ ހިސާބަށް ރެކޯޑް ކޮށްފައިވަނީ 434 ކޭހެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.