ވެކްސިން ފުރިހަމަކޮށް 2 ހަފުތާވެފައިވާ ފަތުރުވެރިންނަށް ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވާލަން ނިންމައިފި

ވެކްސިން ފުރިހަމަކޮށް 2 ހަފުތާވެފައިވާ ފަތުރުވެރިންނަށް ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވާލަން ނިންމައިފި އެވެ.

އެޗްޕީއޭ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިގޮތަށް ހުޅުވާލަނީ މި ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ފަހުން ކަމަށެވެ. އަދި އެދުވަހުގެ ފަހުން 72 ގަޑިއިރު ނުވާ ޕީސީއާރު ނަތީޖާއަކާއެކު ރާއްޖެ އެތެރެވާ ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކަށް ދެެވޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން އެފަދަ ފަރާތްތަކާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދިންނަށް ވެސް މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކުގައި ތިބެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކްއައުޓް ވެވޭނީ، ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮވެގެން ކަމަށް ވެސް ބުނެފައި ވެއެވެ.

ވަކި ޕަސަންޓަކަށް ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކަށް ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ދަތުރުކުރުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެގޮތުން ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ރަށްރަށުގެ ގެސްޓްހައުސްތަކަށް ދަތުރުކުރެވޭނެ ހާލަތްތަކަކީ ރަށުގައި ދިރިއުޅޭ އާބާދީގެ 60 އިންސައްތައަށް ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވުމާއި ރަށްރަށުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް 95 އިންސައްތަ މީހުންނަށް ވެކްސިންގެ ޑޯޒް ފުރިހަމަވެފައިވުމެވެ. އަދި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވުން ވެސް ވަނީ ހިމަނާފަ އެވެ.

ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރާ ގައުމުތަކުގައި ބަލީގެ ހާލަތު އޮތްގޮތަށް ބަލައި މިހާރު ދޭން ނިންމާފައިވާ ލުއިތަކަށް ބަދަލުތައް ގެންނާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.