ތެހްރާނާއި އަލްބޯޒު ފުރަބަންދުކޮށްފި

އީރާނުގެ ވެރިރަށް ތެހްރާނާއި އަލްބޯޒު ފުރަބަންދުކޮށްފި އެވެ.

ފުރަބަންދު ކުރުމަށް ނިންމާފައިވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 6 ދުވަހުގެ މުއްދަތަކަށެވެ.

އިޝްތިހާރު Below Header ad

އީރާނުގައި ޢީދު ބަންދު ފެށޭނީ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ޖެހިގެން އަންނަ 2 ދުވަހަކީ އެ ޤައުމުގެ ހަފުތާ ބަންދު ދުވަސްތަކެވެ.

ޢާންމު ގޮތެއްގައި ޢީދާ ދިމާކޮށް އެތައް މިލިޔަން މީހުންނެއް އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރެ އެވެ.

އީރާނުގެ ވެރިރަށާއި އަލްބޯޒު މިހާރުވަނީ ކޮވިޑުގެ ފަސްވަނަ ރާޅެއް އައުމުގެ މަގުމަތީގައި ކަމަށް އެގައުމުގެ ސިއްހީ މާހިރުންނާއި ހަވާލާދީ ވަނީ އިންޒާރުދީފަ އެވެ.

Iran 2

އެ ގޮތުން ޖުލައި މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 200 މީހުން އަންނަނީ ކޮވިޑުގައި މަރުވަމުން ނެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރުވެފައިވަނީ ތެހްރާނުގަ އެވެ. އަދި ދުވާލެއްގެ މައްޗަށް ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުވަނީ 25،000 އަށްވުރެ އިތުރުވެފަ އެވެ.

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އީރާނުން ކޮވިޑް-19 ފެނުނުފަހުން 3.55 މިލިޔަން މީހުންނަށް ބަލިޖެހި 87،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފަ އެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރިފައިވަނީ އީރާނުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.