އަފްގާން ރައީސް އީދު ނަމާދު ކުރައްވަނިކޮށް އެ ސަރަހައްދަށް ރޮކެޓު ހަމަލާތަކެއްދޭ އަޑު އަރާ ވީޑިއޯއެއް

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އެ ގައުމުގެ ރައީސް އަޝްރަފް ގަނީއާއި، ސަރުކާރާއި ދައުލަތުގެ ވެރިން މިއަދުގެ އީދު ނަމާދަށް ތިއްބަވަނިކޮށް، ރިޔާސީ ގަނޑުވަރު ކައިރިއަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

އެގައުމުގެ ގައުމީ ޓީވީން ވަގުތުން ދެއްކި ރިޔާސީ ގަނޑުވަރުގެ އީދު ނަމާދުގައި އެ ސަރަހައްދަށް ދޭ ރޮކެޓު ހަމަލާތަކުގެ އަޑު އިވެ އެވެ. އެއާއި އެކު ނަމާދަށް ތިބި ހުރިހާ ބޭފުޅުންހެން ސިއްސައިގެން ދިޔަ ނަމަވެސް އީދު ނަމާދު ކުރިޔަށް ގެންދިޔަ އެވެ.

އިޝްތިހާރު Below Header ad

ނަމާދަށް ތިބި މީހުންެ ތެރެއިން އެކަކު ފުރަތަމަ ރޮކެޓު ހަމަލާގެ އަޑާއި އެކު ބިރުން ދުއްވައި ގަންނަން އުޅުމަށް ފަހު އެހެން ބޭފުޅުން ނަމާދު ކުރިޔަށް ގެންދާތީ އަލުން ނަމާދު ކުރާތަން ވީޑިއޯއިން ފެނެ އެވެ. އޭގެ ފަހުން ދެ ވަނަ ރޮކެޓު ހަމަލާއަށް ފަހު ތިން ވަނަ ހަމަލާ އެ ސަރަހައްދަށް ދިނުމުން ދެމީހަކު ހަށަން ބަނދެގެން ހުރުމަށް ފަހު ސަފުން ފައިބައިގެން ދާތަން ފެނެ އެވެ.

ނަމާދު ކުރިޔަށް ގެންދިޔަ ނަމަވެސް ރޮކެޓު ހަމަލާތަކުގެ އަޑާއި އެކު ނަމާދުގެ ހަރަކާތްތައް އިމާމު އަވަސް ކުރާކަން ވީޑިއޯއިން އެނގެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރޮކެޓު ހަމަލާތައް އަމާޒުވެފައިވަނީ ރިޔާސީ ގަނޑުވަރު ހުންނަ ގްރީން ޒޯނުން ބޭރުގެ ތިން ތަނަކަށެވެ. މި ހަމަލާތަކުގައި  ބައެއް ވެހިކަލްތަކަށާއި ތަންތަނަށް ގެއްލުންތައް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

މި ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލަށް ރައްދުދެއެްވާ ނާޒުލީ ރައްދު ކެންސަލްކުރޭ!


ޚިޔާލުތައް:

  1. އިލާހުގެ މަތިވެރިކަމަށް ބިރުން ސަޖިދާގައި ތިބި މީހުން ރޮކެޓު ހަމަލާގައި މަރުވިނަމަ ވާނީ ޖަންނަތުގެ އަހުކުވެރީންނަށް. ރާއްޖޭގެ ރައީސުން ޖަމާޢަތް ދޫކޮށް ދުވެ ނުބަޗާނެބާ؟

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.