ހިޔާ ފްލެޓް ލިބުނު މީހުންގެ ޝުޢޫރުތައް ބީއެމްއެލް އާ ހިއްސާކޮށްފި

ހިޔާ ޔޫނިއަންގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ބައްދަލުކޮށް ފްލެޓް ލިބުނު މީހުންގެ ޝުޢޫރުތައް ހާމަކޮށްފި އެވެ.

އެ ޔޫނިއަންގެ ފަރާތުން ބީއެމްއެލް އާ ބައްދަލުކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް ހުޅުމާލެ ބްރާންޗްގައި މިއަދު ހެނދުނު އެވެ.

އިޝްތިހާރު Below Header ad

މި ބައްދަލުކުރުމުގައި ހިޔާ ޔޫނިއަންއިން ވަނީ މިހާރު ބޭންކުން އިޢުލާންކޮށްފައިވާ ހޯމް އިމްޕްރޫވްމަންޓް ލޯންގެ އެލިޖިބިލިޓީ ހިޔާ ފްލެޓް ލިބުނު ކޮންމެ މީހަކަށްވެސް ލިބޭގޮތަށް އިންތިޒާމްކޮށްދެއްވުމަށް އެދިފަ އެވެ.

“ޚާއްސަގޮތެއްގައި H10 ޚާއްސަ އެހީއަަށް ބޭނުންވާ ފަރާތްތަކުގެ ކެޓަގަރީ، އަދި H6 އެކަނިވެރި މައިން އަދި ބަފައިންގެ ކެޓަގަރީން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ބޭންކުން ލުއި އިންތިޒާމްތަކެއްގެ ތެރެއިން ފްލެޓްތަކުގެ ފިނިޝިންގއަށް މިހާރު ޢާއްމު ކޮށްފައިވާ ލޯން ސްކީމު އަލުން ރިވިއުކޮށް ބަދަލުތަކެއް ގެންނަވައި އެފަރާތްތަކަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށް ޔޫނިއަންގެ ފަރާތުން ވާނީ އެދިފަ.” ހިޔާ ޔޫނިއަން އިން ބުންޏެވެ.

މީގެ އިތުރުން އިންޓްރެސްޓް ރޭޓް %6 އަށް ކުޑަކޮށް ދިނުމަށްވެސް ވަނީ އެދިފަ އެވެ.

ހިޔާ ޔޫނިއަންއިން ބުނީ ކަމާއިގުޅޭ ވެރިންގެ މެދުގައި މަޝްވަރާކޮށް އެދިފައިވާ ބަދަލުތަށް ލޯނަށް ގެނައުމަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމާއެކަން ޔޫނިއަންއަށް އަނގާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން ޔޫނިއަންއިން ހުށަހަޅާފައިވާ ކަންކަމަކީ މުހިމު ބަދަލުތަކެއްގެ ގޮތުގައި އެފަރާތުން ފާހަގަކުރައްވާފައިވާ ކަމަށް ވެސް އެ ޔޫނިއަންއިން ބުނެ އެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަލުގެ ކަންބޮޑުވުން ކަމާއިގުޅުން ހުރި ފަރާތްތަކަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ “ހިޔާ ޔޫނިއަން” އިން އަންނަނީ އެ ފަރާތްތަކުގެ އަޑު އުފުލަމުން ނެވެ. އަދި ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކަށް އެކި ގޮތްގޮތުން ވެސް އަންނަނީ އެހީތެރިވަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.