ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 5 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 5 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް 564،228 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ.

އިޝްތިހާރު Below Header ad

މިއީ މިދިޔަ އަހަރު އެއްކޮށް ރާއްޖެ އައި ފަތުރުވެރިންނަށް ވުރެން ގިނަ އަދަދެކެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރި އެކަމުގެ ނުރައްކާ ރާއްޖެއަށް ވެސް ބޮޑުވުމާ އެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ތިން މަސް ދުވަހު ބާއްވަން ޖެހުނު އިރު، މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 554،494 ފަތުރުވެރިން ނެވެ.

ކޮވިޑް ފެތުރެން ފެށުމުގެ ކުރިން 2019 ވަނަ އަހަރުގެ ޖުލައި މަހު އެވަރެޖްކޮށް ދުވާލަކު 4،500 އެއްހާ ފަތުރުވެރީން އައިސްފައިވާއިރު، އެ މަހު 132،144 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އެ އަހަރު އެކު ރާއްޖެ އައިސްފައިވަނީ 1،702،887 ފަތުރުވެރިން ނެވެ.

ދޮޅު މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒު ހިފާފައިވާ އިރު، މިއަހަރަށް އަންދާޒާކޮށްފައިވާ ވަރަށް ފަތުރުވެރިން ރާއްޖެ އަތުވެދާނެ ކަމަށް މިހާރުވަނީ ބެލެވިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.