މުމްބާއީއަށް ކުރަމުންދާ ވިއްސާރައިިގަ އިމާރާތްތައް ވެއްޓުމާއި ކަރަންޓުގައި ޖެހިގެން ގިނަ ބަޔަކު މަރުވެއްޖެ

އިންޑިއާގެ ވިޔަފާރީގެ މައި ސިޓީ މުމްބާއީއަށް ކުރަމުންދާ ވިއްސާރައިގަ ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވިއްސާރައިގަ މުމްބާއީގެ އެކި ހިސާބުން މަރުވި މީހުންގެ އަދަދު މިހާރު 30 އަށް އަރާފައިވާ ކަމަށެވެ. އެ މީހުން މަރުވެފައިވަނީ ވާރޭވެހި ބިން ގަނޑު ކަނޑައިގެން ގޮސް އިމާރާތްތައް ވެއްޓުމާއި ކަރަންޓުގައި ޖެހިގެން ކަމަށެވެ.

އިޝްތިހާރު Below Header ad

މިހާޜު އިންޑިއާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގަ މުމްބާއީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އާންމު ދަތުރުފަތުރުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ކުރިޔަށް އޮތް 24 ގަޑިއަރަށް އެ ސިޓީގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރަތް އެލާޓު ނެރެފަ އެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުން ސެޕްޓެމްބަރު މަހާއި ދެމެދު އިންޑިއާއަށް ކުރާ މޫސުމީ ވިއްސާރައިގަ ގޮނޑުދޮށް ހިމެނޭ ސިޓީތަކަށް ވަރަށް ބޮޑަށް ވިއްސާރަ ކުރެ އެވެ.

އެކަމަކު ވިއްސާރައިގަ މިހާރުވަމުންދާ ވަރުގެ ގެއްލުންތައް ވާން ފެށީ ފަހުގެ އަހަރުތަކުގައި ކަމަށްވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.