ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރކަން އެޓޯލްނިއުސްއަށް!

ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރއަކަށް އެޓޯލްނިއުސް ހަމަޖައްސައިފި އެވެ.

ވަރޗުއަކޮށް ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ ފަހުމުނާމައިގާ ދަރަވަންދޫ ކައުންސިލު އިދާރާގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލުގެ ރައީސް ޢަލީ ސަމީޙް އެވެ. އެޓޯލް ނިއުސްގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެޑިޓަރ މުޙައްމަދު އަފްރާޙް އެވެ.

އިޝްތިހާރު Below Header ad

މި ފަހުނާމައިގާ ސޮއި ކުރެއްވުމަށް ފަހު، ޢަލީ ސަމީޙް ވިދާޅުވި “ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021” ގެ އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެޓޯލް ނިއުސް އިން ފާޅު ކުރެއްވީތީ ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

“އަޅުގަނޑުމެންގެ އުއްމީދަކީ މި މުބާރާތުގެ ޚަބަރުތައް ވީއެންމެ ގާތުން، އަވަހަށް ގެނެސްދިނުން. އެކަން އެޓޯލް ނިއުސް އިން ކޮށްދެއްވާނެކަމަށް އަޅުގަނޑުމެން އުއްމީދު ވަރަށް ބޮޑަށް އުއްމީދު ކުރަން.” ޢަލީ ސަމީޙު ވިދާޅުވި އެވެ.

އެޓޯލް ނިއުސް ގެ ޗީފް އެޑިޓަރ މުޙައްމަދު އަފްރާޙް ވިދާޅުވީ މި މުބާރާތުގެ ޚަބަރުތައް ގެނެސްދިނުމަށް ފުރުސަތު ދެއްވީތީ ޝުކުރުއަދާ ކުރައްވާ ކަމަށެވެ. އަދި މި ނޫހުގެ ވިސްނުމަކީ އަބަދުވެސް ރާއްޖޭގެ ހުރިހާ ރަށެއްގެ ޚަބަރުތައް ގެނެސް ދިނުން ކަމަށެވެ.

“އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ހިނގާ ވީހާވެސް ގިނަ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުން. އެގޮތުން މި މުބާރާތުގެ ޚަބަރުތައް ވެސް އެންމެތާޒާކަމާއެކު ގެނެސްދިނުމަށް މަސައްކަތް ކުރާނަން.” އަފްރާޙް ވިދާޅުވި އެވެ.

ބ. ދަރަވަންދޫ ކައުންސިލު އިދާރާއިން މި މަހު ބޭއްވުމަށް ނިންމާފައިވާ “ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2021” ފެށުމަށް މިހާރުނިންމާފައިވަނީ އަންނަ އޯގަސްޓު މަހު އެވެ.

މިގޮތަށް ނިންމީ ޢީދު ބަންދާއި ޗުއްޓީގައި ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވާތީ އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ނެވެ.

އެގޮތުން މި ފިއެސްޓާ ފެށުމަށް މިހާރުނިންމާފައިވަނީ އަންނަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ.

މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުން، ޓީމު ލިސްޓަށް އެއްވެސް އުނި އިތުރެއް ގެންނަން ބޭނުން ނަމަ، އޯގަސްޓް 10 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް އެ ފުރުސަތު ވެސް މިހާރުވަނީ ހުޅުވާލާފަ އެވެ.

މި ފިއެސްޓާ ފެށުމަށް ކުރިންހަމަޖެހިފައި އޮތީ މި ޖުލައި މަހު 20 ވާ އަންގާރަ ދުވަހު އެވެ.

ހަމައެކަނި ދަރަވަންދޫގެ ޓީމުތަކަށް މި ފިއެސްޓާގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ އިރު، ކޮންމެ މުބާރާތެއްގައި ބައިވެރި ކުރެވޭނީ ވަކި ޓީމެއް ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

ޓީމު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި ޓީމު ލިސްޓު ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ދަރަވަންދޫ ކައުންސިލު އިދާރާ އިން ލިބޭނެ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.

ފާއިތުވި އަހަރުތަކުގައި މި މުބާރާތް ބާއްވާފައިވަނީ އަންހެން އަދި ފިރިހެން މުބާރާތަކީ ދެ މުބާރާތެއްގެ ގޮތުގައި ނަމަވެސް، މިއަހަރު ބާއްވާނީ ފިއެސްޓާއެއްގެ ގޮތުގަ އެވެ.

މިއީ އެޓޯލް ނިއުސް އިން މިފަދަ މުބާރާތެއްގެ އޮންލައިން މީޑިއާ ޕާޓްނަރކަން ނެގި ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.