ގަވާއިދާ ޚިލާފުވި އިތުރު ގެސްޓް ހައުސްއެއްގެ ލައިސަންސް ހިފަހައްޓައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއ)ޭ ގެ ގަވާއިދާ ޚިލާފުވި އިތުރު ގެސްޓް ހައުސްއެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ.

ޓޫރިޒަމް މިނިސްތްރީން ބުނީ ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އެޗްޕީއޭ އާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގަވާއިދަށް އަމަލު ނުކުރުމުން އިތުރު ގެސްޓްހައުސެއްގެ ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ހިފަހައްޓާފައިވާ ކަމށެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް އެއީ ކޮން ގެސްޓްހައުސްއެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވެސް ވަނީ ގަވާއިދާ ޚިލާފުވި 3 ގެންސްޓްހައުސްއެއްގެ ލައިސަންސް ހިފަހައްޓާފަ އެވެ. މިއީ ދެކުނު އޭޝިއާގެ ފަތުރުވެރިންނަަށް ޚިދުމަތް ދިނުމުގައި އޮންނަ އުސޫލަށް އަމަލު ކުރަމުންދޭތޯ ބެލުމަށް މިހާރު އެ މިނިސްޓްރީން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގައި ގަވާއިދާ ޚިލާފުވި ކަމަށް ފާހަގަ ވި 3 ގެސްޓުހައުސް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ގެސްޓްހައުސްތައް ނިސްބަތްވަނީ މާލެ އަދި ހުޅުމާލެއަށް ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ އިމިގްރޭޝަންގެ ލިސްޓުން އެ ގެސްޓްހައުސްތައް އުނިކޮށްފައިވާ ކަމަށެވެ. އަދި އިތުރު 3 ގެސްޓްހައުސް އޮޕަރޭޓް ކުރާ ފަރާތްތަކަށް އިއްޔެވަނީ އިންޒާރު ދީފައިވާ ކަމަށެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިން މާލޭގައި މަޑުކުުރުމަށް ވަކި އުސޫލެއްގެ ދަށުން ހުއްދަ ދީފައިވާ އިރު، އެފަދަ ފަތުރުވެރިންނަށް މާލޭގެ ގެސްޓްހައުސްތަކުގައި މަޑުކުރެވޭނީ ފުރުމަށްޓަކައި ޓްރާންސިޓް ވުމަށް އެކަންޏެވެ. އަދި އެއީ އެ ފަތުރުވެރިން 48 ގަޑިއިރަށް ވުރެ އިތުރު ނުވާ ގޮތަށް ތިބުމަށެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިންގ ކުރުމަށް ހުޅުވާލަން ނިންމީ ޖުލައި 30 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.