އާޔޫ ރެޑީ؟ ދަ ކަޕިލް ޝަރުމާ ޝޯވ އިޒް ސްޓާޓިންގ ސޫން!

ދަ ކަޕިލް ޝަރުމާ ޝޯވ ވަރަށް އަވަހަށް ފަށާނެ ކަމަށް ކަޕިލް ބުނެފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ ‘ދަ ކަޕިލް ޝަރުމާ ޝޯވ” ގެ ހޯސްޓް އަދި ކޮމޭޑިއަން ކަޕިލް ޝަރުމާ ބުނީ އަލުން މި ޝޯވ ފަށާ އިރު، ތަފާތުތަކެއް ފެންނާނެ ކަމަށެވެ. އަދިމި ޝޯވ އިން ކުރިން ވެސް ފެނުނު އެކްޓަރުންނާއި އަލަށް ފެންނަ އެކްޓަރުން ވެސް މިހާރު އަންނަނީ އެންމެފަހުގެ ތައްޔާރީތައް ވަމުން ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް މި ޝޯވ ފަށާނެ ވަކި ތާރީޚެއް ނުބުނެ އެވެ.

މި އުފާވެރި ޚަބަރާއެކު ކަޕިލް ހިއްސާކުރި ފޮޓޯގައި ޝޯވ އިން މިހާރު ވެސް ފެންނަ ކުރުޝްނާ އަބީޝެކާއި، ބާރްތީ ސިންގ އާއި، ކީކޫ ޝާރްދާ އަދި ޗަންދަން ޕްރަބާކަރް ފެނެ އެވެ. އަދި ސުދޭސް ލެހެރީ ވެސް ފޮޓޯއިން ފެނެ އެވެ. ބެލެވޭ ގޮތުގައި ސުދޭސް އަކީ މި ޝޯވ އާ އަލަށް ގުޅޭ ފަރާތެކެވެ.

އިންޑިއާގެ އެންމެ މަގުބޫލު ޝޯވތަކުގެ ތެރޭގައި ވެސް ހިމެނޭ މި ޝޯވ މެދުކަނޑާލީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއީ ކަޕިލްގެ ދެވަނަ ދަރިފުޅު ވިހެއުމާއި އެނޫންވެސް ބައެއް ސަބަބުތަކާ ހުރެއެވެ.

ކުޑަ ބްރޭކަކަށް ފަހު މެއި މަހު އަލުން ޝޯވ ފަށަން މަސައްކަތްކުރި އިރު، ކޮވިޑުގެ ސަބަބުން އިންޑިއާ އޮތީ ދެވަނަ ފަހަރަށް ލޮކްދައުން ކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.