ގަވާއިދާ ޚިލާފުވި 3 ގެސްޓުހައުސްއެއްގެ ލައިސަންސް ސަސްޕެންޑު ކޮށްފި

ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގައި ގަވާއިދާ ޚިލާފުވި ކަމަށް ފާހަގަ ވި 3 ގެސްޓުހައުސްއެއްގެ ލައިސަންސް ސަސްޕެންޑު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޮޅުވާލައިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޚިދުމަތް ދެމުން ދިޔަ މާލެ ސަރަހައްދުގެ ތިން ގެސްޓްހައުސް އެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ޓޫރިޒަމް މިނިސްޓްރީން ބުނީ ދެކުނު އޭޝިއާގެ ފަތުރުވެރިންނަަށް ޚިދުމަތް ދިނުމުގައި އޮންނަ އުސޫލަށް އަމަލު ކުރަމުންދޭތޯ ބެލުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދާ އޮޕަރޭޝަން ގައި ގަވާއިދާ ޚިލާފުވި ކަމަށް ފާހަގަ ވި މި ގެސްޓުހައުސް ތައް އިމިގްރޭޝަންގެ ލިސްޓުން  އުނިކޮށްފައިވާ ކަމަށެވެ. އަދި ގެސްޓްހައުސް އޮޕަރޭޓް ކުރާ އިތުރު 3 ފަރާތްތަކަށް އިންޒާރު ދީފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ހުޅުމާލެ އަދި މާލޭގައި ހިންގަމުންދާ ގެސްޓް ހައުސްތަކެކެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިން އައުމަށް މި ޖުލައި މަހުގެ 15 ވަނަ ދުވަހު ދިން ހުއްދައާއެކު މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި، މާފުށި އަދި އެހެނިހެން ރަށްތަކަށް އެ ސަރަހައްދުގެ ފަތުރުވެރިން ގިނަ ދުވަސްތަކަށް ދިޔަ ކަން ފާހަގަ ކުރެވުނު ކަަމަށް ޓޫރިޒަމް މިނިސްޓްރީން ފާހަގަޮށްފައި ވެއެވެ.

ކުރިއަށް އޮތްތަނުގައިވެސް ހޮޓާތަކާއި ގެސްޓް ހައުސްތައް ވަރަށް ގާތުން ބަލައި، އިންސްޕެކްޝަން ކުރިއަށް ގެންދާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

ވަކި އުސޫލެއްގެ ދަށުން ދެކުނު އޭޝިއާގެ ފަތުރުވެރިން މާލޭގައި މަޑުކުުރުމަށް ހުއްދަ ދީފައިވާ އިރު، އެގޮތުން އެފަދަ ފަތުރުވެރިންނަށް މާލޭގެ ގެސްޓްހައުސްތަކުގައި މަޑުކުރެވޭނީ ފުރުމަށްޓަކައި ޓްރާންސިޓް ވުމަށް އެކަންޏެވެ. އަދި އެއީ އެ ފަތުރުވެރިން 48 ގަޑިއިރަށް ވުރެ އިތުރު ނުވާ ގޮތަށް ތިބުމަށް ދީފައިވާ ހުއްދަ އެކެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިންގ ކުރުމަށް ހުޅުވާލަން ނިންމީ ޖުލައި 30 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.