މާލޭ ސިޓީ ކައުންސިލުން ހަފުތާ ނޫހެއް ނެރެނީ، ނަމަކީ “އަތަމަނަ”

މާލޭ ސިޓީ ކައުންސިލުން ހަފުތާ ނޫހެއް ނެރެން ނިންމާ، އެ ނޫހުގެ ނަން ޢާންމުކޮށްފި އެވެ.

އެ ކައުންސިލުން ބުނީ ޖުލައި 15 ދުވަހު ބޭއްވި އެ ކައުންސިލުގެ ކުއްލި ބައްދަލުވުމުން އެ ކައުންސިލުން ނެރެން ނިންމާފައިވާ ހަފުތާ ނޫހުގެ ނަމަކީ “އަތަމަނަ” ކަމަށެވެ.

އިޝްތިހާރު Below Header ad

ކައުންސިލުން ނިންމާފައިވަނީ ކައުންސިލުން ކަނޑައަޅާ އެޑިޓޯރިއަލް ބޯޑެއް ހަމަޖައްސައި، އެ ބޯޑުގެ ބެލުމުގެ ދަށުން މި ނޫހުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.

މި ނޫހުގެ ބޭނުމަކީ ކައުންސިލުން ހިންގާ ޙަރަކާތްތައް ރައްޔިތުންނަށާއި އެހެން މީޑިއާތަކަށް ފޯރުކޮށްދީ އެ މީޑިއާތަކަށްވެސް ޚަބަރު ހެދުމަށް ފަސޭހަކުރުމާއި ކައުންސިލާމެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި ނޫހުގައި ހިމެނޭނީ ކައުންސިލުން އެ ހަފުތާއެއްގައި ހިންގާފައިވާ ކަންކަމުގެ ޚަބަރުތަކާއި ޢާއްމުކުރެވޭ އެކިއެކި ލިޔެކިޔުންތައް ކަމަށެވެ.

ހަފުތާއަކު އެއްފަހަރު ނެރޭ، “އަތަމަނަ” ނޫހަކީ ހިލޭ ބަހާ ނޫހެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލަށް ރައްދުދެއެްވާ Ulhema ރައްދު ކެންސަލްކުރޭ!


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.