ހައްޖާޖީން މައްކާއަށް ދާން ފަށައިފި

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހައްޖާޖީން މާތްވެގެންވާ މައްކާއަށް ދާން ފަށައިފި އެވެ.

ކޮވީޑް-19 އާއި ގުޅިގެން މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާނީ ސައުދީ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުންގެ ތެރެއިން60،000 މީހުންނެވެ.

އިޝްތިހާރު Below Header ad

ސައުދީ ސަރުކާރުން އިންތިޒާމް ހަމަޖައްސާފައިވާ ގޮތުން މިއަދު ހެނދުނުން ފެށިގެން އެކި ސިޓީތަކުގައި ދިރިއޫޅޭ މީހުންގެ ތެރެއިން ހައްޖުވުމުގެ ފުރުސަތު ލިބުނު މީހުން ޖިއްދާއަށް ވަނީ ފަށާފައި އެވެ. އެމީހުން މައްކާއަށް ގެންދިއުމަށް200 ބަސް ބޭނުން ކުރާނެ އެވެ.

ބަހަށް އަރާ ހިސާބުން ހައްޖާޖީންނަށް ހާއްސަކުރެވިފައިވާ އެޕްލިކޭޝަންއެއް ފޯނަށް އަޅަން ޖެހެ އެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް ހައްޖުވެރިޔާ އާއި ގުޅޭ މައުލޫމާތާއި އޭނާގެ ހުރުން ހަމަޖެހިފައިވާ ހޮޓަލާއި އެނޫންވެސް ސިއްހީ ކަންކަމުގައި އަމަލު ކުރަންޖެހޭ ގޮތުގެ މައުލޫމާތު ލިބެ އެވެ.

މި އެޕްލިކޭޝަން ފޯނަށް އަޅައި ރެޖިސްޓްރީވުމުން މާތްވެގެންވާ ބިންތަކުގައި އުޅޭއިރު ސެކިއުރިޓީ އާއި ގުޅޭ ކަންކަމުގައި ސަމާލުވާން ނުޖެހޭނެ ކަމަށް ސައުދީ ސަރުކާރުން ބުނެ އެވެ. މިއަހަރު ޒަމްޒަމް ފެން ދިނުމުގައި ހަރަމް ފުޅުގައި ހަރަކާތްތެރިވަނީ ރޮބޮޓުންނެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ކޮވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަ ކޮށްފައި އެވެ. އެގޮތުން 60،000 ހައްޖާޖީން ތޮވާފް ކުރުމާއި އެނޫންވެސް އަޅުކަންތައް ކުރުމުގައި ހަރަކާތްތެރިވާނީ އިޖްތިމާއީ ގައިދިރު ކަމުގައި އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވަނީ ކޮވިދް ވެކްސިން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ އުމުރުން 65-18 އަހަރާއި ދެމެދުގެ މީހުންނެވެ. އަދި އެ މީހުންނަކީ ބޮޑެތި ބައްޔަކަށް ފަރުވާ ކުރާ މީހުންނެއް ނޫނެވެ. މީގެ އިތުރުން މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައި ވަނީ މިދިޔަ ފަސް އަހަރު ހައްޖުވެފައި ނުވާ މީހުންނަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.