އީޔޫ ގައުމުތަކުގެ ކުންފުނިތަކުގައި އަންހެނުން ބުރުގާ އެޅުން މަނާ ކުރެވޭނެ ކަމަށް ކަނޑައަޅައިފި

ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމުތަކުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ އަންހެނުން ބުރުގާ އެޅުން މަނާ ކުރެވޭނެ ކަމަށް ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް އިން ހުކުމް ކޮށްފި އެވެ.

އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޖަރުމަނުވިލާތުގައި މަސައްކަތް ކުރާ މުސްލިމް ދެ އަންހެނުން ބުރުގާ އަޅާތީ ވަޒީފާއިން ސަސްޕެންޑު ކުރުމުންނެވެ. އެ ދެމީހުން ހުށަހެޅި މައްސަލައި ހުކުމް އިއްވަމުން އެ ކޯޓުން ބުނެފައިވަނީ ސިޔާސީ ގޮތުންނާއި ގަބޫލު ކުރާ ދީނާއި އެނޫންވެސް އޭނާގެ އަމިއްލަ ވިސްނުމުގައި ގެންގުޅޭ ކަންކަން ވަޒިފާގެ މާހައުލުގައި ދެއްކުން މަނާ ކުރުމުގެ ބާރު ކުންފުނިތަކަށް އޮންނާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އެ އުސޫލުގެ ތެރެއިން މުސްލިމް އަންހެނުން ބުރުގާ އެޅުން މަނާ ކުރުމުގެ ބާރު އީޔޫގެ ގައުމުތަކުގެ ކުންފުނިތަކަށް ލިބިދީފައިވާ ކަމަށެވެ. އެހެންވެ އެ ކޯޓުން ހުކުމް ކޮށްފައިވަނީ އެ ދެ އަންހެނުންނަށް ފިޔަވަޅު އެޅި ކުންފުނިތައް ގޯސް ނޫން ކަމަށެވެ.

މީގެ ތެރެއިން އެކަކަކީ ޖަރުމަނުގެ ކުޑަކުދިން ބަލަހައްޓާ ތަނެއްގައި މަސައްކަތް ކުރާ ތުރުކީއަށް ނިސްބަތްވާ އަންހެނެކެވެ. އަނެކަކީ ބޭސް ފިހާރައެއްގައި މަސައްކަތް ކުރާ އަންހެނެކެވެ. އެ ކުންފުނިތަކުން ކޯޓުގައި ބުނީ އެމީހުން ބުރުގާ އަޅާފައިވަނީ ޗުއްޓީއަށް ގޮސް އެނބުރި ވަޒީފާއަށް ނުކުތް އިރު ކަމަށާއި އެމީހުންނަށް އެންމެ ފުރަތަމަ ވަޒީފާ ދިން އިރު އެއީ ބުރުގާ އަޅާ ދެމީހުން ނޫން ކަމަށެވެ.

މި މައްސަލައިގަ ކޯޓުން ކުރި ހުކުމާއި މެދު ހިތްހަމަ ނުޖެހިގެން ޖަރުމަނުގައި ހުންނަ ތުރުކީ މުސްލިމުންގެ ޖަމިއްޔާއިން ބުނީ އީޔޫގެ ގައުމުތަކުގައި މުސްލިމް އަންހެނުންނަށް ހަމަހަމަ ކަމާއި އެކު މަސައްކަތް ކުރުމާއި ފުރުސަތުތައް ފަހިވެފައި ނުވާކަން އެ ހުކުމުން ހާމަވެފައިވާ ކަމަށެވެ. އަދި ކޯޓުގެ އެ ނިންމުމަކީ އެއް ފަރާތަށް ބުރަވެފައިވާ ނިންމުމެއް ކަމަށް ބުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.