ސަރުކާރުގެ ނިންމުންތަކަށް އަދާލަތު ޕާޓީން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ރައީސް ނަޝީދު ކުރައްވައިފި

ސަރުކާރުގެ ނިންމުންތަކަށް އަދާލަތު ޕާޓީން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވައިފި އެވެ.

ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ކޯލިޝަންގައި އަދާލަތު ޕާޓީއަކީ ކުޑަ ޕާޓީއެއް ނަމަވެސް ސަރުކާރުގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ބާރު އެޕާޓީއަށް ދީފައިވާ ކަމަށެވެ. އަދި އެ ބާރު ދެއްވީ ރައީސް ސޯލިހު ކަމަށް ވިދާޅުވި އެވެ.

އިޝްތިހާރު Below Header ad

އެކަމުގެ ސަބަބުން ސަރުކާރު ހިންގުމުގެ އަމާޒު މިހާރު ހުރީ އެމްޑީޕީން ގަބޫލުކުރާ ޑިމޮކްރަސީގެ ހަމަތަކާ މުޅިން ޚިލާފަށް ކަމަށާއި ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށާއި މިއުޒިކާއި އިގުތިސޯދު ކުރިއެރުވުމަށް ލޯބިކުރާ ބަޔަކަށްވާ އިރު، ދީނީ ހަރުކަށި ފިކުރުމުގެ ބައެއްގެ ސަބަބުން އެފަދަ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދޭން ރައްޔިތުން ނޭދޭ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ ހިންގުން ކޯލިޝަންގެ ކުޑަ ޕާޓީއަކަށް ދީގެން ނުވާނެ ކަމަށާއި އެގޮތަށް ކަންކަންވާ ނަމަ ސަރުކާރާ އެއްކޮށް ދެމި ހުންނަން އުދަނގޫވާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.