އިންޑިއާގެ މި ކުއްޖާ އުމުރުން ދެ މަސް ނުވަނީސް ދެ ފަހަރު ވަގަށް ނަގައިފި!

އިންޑިއާގެ ގުޖުރާތުގެ އަވަށެއްގައި ދިރިއުޅޭ ޒުވާން ދެމަފިރިއަކަށް ފިރިހެން ދަރިއަކު ލިބުނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެވެ.

އެ ކުއްޖާ ވިހައިގެން ހޮސްޕިޓަލުން ދޫކޮށްލިތާ ދެވަނައަށް ވީ ދުވަހު އަންހެނަކު އެގެއަށް ގޮސް ކުއްޖާއަށް ވެކްސިން ދޭން ހޮސްޕިޓަލަށް އޭނާ އާއި އެކު ދިޔުމަށް އެދުނު ކަމަށް ކުޑަކުއްޖާގެ މަންމަ މީނާ ބުނެފައިވެ އެވެ.

އިޝްތިހާރު Below Header ad

ހޮސްޕިޓަލަށް ގޮސް ވެކްސިން ޖަހާ ކޮޓަރިއަށް މީނާ ނުވައްދާ ބޭންދީ ބޭރުގައި އެވެ. ގާތްގަނޑަކަށް ދޮޅު ގަޑިއިރެއްހާއިރުވީ އިރުވެސް ކުއްޖާ އެ ކޮޓަރިން ނުނެރުމުން ގޮސް ބެލިއިރު ކުއްޖާގެ ހިލަމެއް ވެކްސިން ޖަހަން ވެއްދި ކަމަށް ބުނާ ކޮޓަރިން ފެންނަން ނެތުމުން އަންހެން މިހާ ސެކިއުރިޓީންނާއި ގުޅައިގެން ފުލުހުންގެ އެހީތެރިކަން ހޯދި އެވެ.

މީނާގެ ދަރިފުޅު އެ ދުވަހު ފުލުހުން ހޯދައި ދިނީ ސީސީޓީވީ ފުޓޭޖާއި އެމީހާ ކުއްޖާ ގޮވައިގެން އެރިކަމަށް ބެލެވޭ އޮޓޯ ސީސީޓީވީ ފުޓޭޖު މެދުވެރިކޮށް ހޯދައިގެން ފުލުހުން ކުރި ބުރަ މަސައްކަތުންނެވެ. އެ އަންހެން މީހާ ކުއްޖާ ގެންދިޔަ ކަމަށް އޮޓޯ ޑްރައިވަރު ބުނެފައިވަނީ އެގޮތަށް ކުޑަކުދިން ގެންގުޅޭ ތަނަކަށެވެ.

އެ ދުވަހު އެވީ ހަތަރު ގަޑިއިރެއްހާއިރު ތެރޭގައި އެ އަންހެން މީހާ ވަނީ މީނާގެ ދަރިފުޅު އެހެން މީހަކަށް ދީފަ އެވެ. ނުވަތަ ވިއްކާލާފައި އެވެ.ކުއްޖާ ގެންދިޔަ އާއިލާ ހޯދައިގެން ދިއުމުން ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ބުނެފައިވަނީ އޭނާއަށް އެ ކުއްޖާ ދިނީ އެއީ އޭނާގެ ދަރިއެއް ކަމަށްބުނެ ކަމަށެވެ.

އެކަމަކު އެ ވާހަކަތައް ފުލުހުން ގަބޫލު ނުކުރާ ކަމަށާއި ފަހުން އެ މައްސަލަ ތަހުގީގު ކޮށް ޖޫރިމަނާ ކުރުމަށް ފަހު ކުއްޖާ ވަގަށް ނެގި އަންހެން މީހާ އާއި ފިރިހެން މީހާ ދޫކޮށްލީ ކަމަށް ބުންޏެވެ.

119400256 2 20210616 131914

ދެވަނަ ފަހަރު ކުއްޖާ ގެއްލުނީ ގޭތެރޭގައި ނިންދަވާފައި އޮއްވަ މިދިޔަ މަހު އެވެ. އެ ދުވަހު ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ކުއްޖާ ހޯދުނީ ހަތަރު ދުވަހުންނެވެ. އަވަށުގެ ފުލުހުންނާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކުއްޖާ ދެފަހަރުވެސް ވަގަށް ނެގީ އެއްބައެ ކެވެ.

މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން އެނގުނު ގޮތުގައި ކުއްޖާ ފުރަތަމަ ފަހަރު ވަގަށް ނަގައިގެން ގެންގޮސް ގެންގުޅުނު ފިރިހެން މީހާ އަކީ ކުއްޖާގެ ބައްޕަ އާއި އެއް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރާ އެކަމަކު އެކަކުއަނެކަކަށް ނުދަންނަ ބައެއް ކަމެވެ. ކުއްޖާ ވަގަށް ނެގި ފިރިހެން މިހާ ބުނީ އެ ކުއްޖާއަށް މީނާ ބަލިވެ އިންވާހަކަ އެތަނުގެ ތެރޭގައި ދައްކާ އަޑު އިވުމުން އެމިހާ ދިޔައީ މިނާ ވިހާނެ ދުވަހަކާއި ވިހަނީ ކޮން ކަހަލަ ކުއްޖެއްތޯ ބަލަމުންނެވެ.

އެ ފިރިހެން މީހާ ބުނީ މީނާގެ ދެމަފިރިންނަށް ލިބުނީ ފިރިހެން ކުއްޖެއް ކަން އެނގުމުން އެކުއްޖާ ވަގަށް ނަގަން ނިންމައި އަންހެން މީހާގެ އެހީތެރިކަން ހޯދީކަމަށެވެ. އެކަމަކު ދެ ފަހަރުވެސް ވަގަށް ނެގީ ކުއްޖާ ހޯދަން މީނާގެ ދެމަފިރިން ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

އެ ފިރިހެން މީހާ ފުލުހުންނަށް މައުލޫމާތު ދެމުން ބުނީ އޭނާ އާއި އޭނާގެ އަންހެނުން ކުއްޖާ ވަގަށް ނެގަން ބޭނުންވީ އެ ދެމަފިރިންނަށް ދަރިން ނުލިބޭތީ ކަމަށެވެ. މި މައްސަލައިގަ މިހާރު އެ ދެމަފިރިންނާއި ކުއްޖާ ވަގަށް ނަގާ އަންހެން މީހާއަށް ވަނީ ރަހީނު ކުރުމުގެ ދައުވާ އުފުލާފައި އެވެ.

މީނާ މީޑިއާގައި ބުނެފައިވަނީ ދެ ފަހަރު ކުއްޖާ ވަގަށް ނެގިފަހުން ލޯމަތިން ކުއްޖާ އެންމެ ވަގުތުކޮޅަކަށްވެސް ގެއްލުނަ ނުދޭ ކަމަށެވެ. އަދި މިހާރު ދޭތެރެ ދޭތެރެއިން ފުލުހުންވެސް ކުއްޖާގެ ހާލު ދެނެގަތުމަށް އެގެއަށް ޒިޔާރަތް ކުރާ ކަމަށް މީނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.