ސީރިޔާ ސަރުކާރުން އިދްލިބަށް ބޮންއަޅާތީ އެމެރިކާއިން ކަންބޮޑުވުން ފާޅު ކޮށްފި

ސީރިޔާ ސަރުކާރުން އިދްލިބަށް ދިން ބޮމުގެ ޙަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާތީ އެމެރިކާއިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

ހަމަލާދިނުން ހުއްޓާލުމަށް ސީރިޔާ ސަރުކާރުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށް ގޮވާލައި ސީރިޔާގައި ހުންނަ އެމެރިކާ އެމްބަސީއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، “ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވުމަށް ފަހުވެސް ޙަމަލާ ދެމުންދާތީއާއި، މީގެ 10 ދުވަސް ކުރިންނާއި އިއްޔެ އިދްލިބްއަށް ދިން ޙަމަލާތަކުގައި ގިނަ އަދަދެއްގެ މީހުންނާއި ކުޑަކުދިން މަރުވެފައިވާތީ އެކަމާއި ހިތާމަކުރާ ކަމުގައެވެ. އަދި ހަމަލާދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ސަރުކާރުން އިޚްތިރާމް ކުރަން ޖެހޭ ކަމަށެވެ.”

އިޝްތިހާރު Below Header ad

ހަނގުރާމައިގެ ކަންތައްތައް މޮނިޓަރ ކުރާ ފަރާތެއް ކަމުގައިވާ ސީރިއަން އޮބްސަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފައިވާ ގޮތުގައި، ފާއިތުވި ބުރާސްފަތި ދުވަހު ސަރުކާރު އަސްކަރިއްޔާއިން އިދްލިބަށް ދިން ޙަމަލާތަކުގައި 9 މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި 3 ކުޑަކުދިން ވެސް ހިމެނެއެވެ.

ތުރުކީ އަދި ރަޝިޔާގެ އިސްނެގުމާއެކު ހަމަލާބަދަލު ކުރުން ހުއްޓާލުމާބެހޭ އެއްބަސްވުމެއް މާރޗް 2020 ގައި ވަނީ ޤާއިމް ކޮށްފައެވެ. އެހެންނަމަވެސް ސީރިޔާ ސަރުކާރުން އޭގެ ފަހުންވެސް އެތައް ފަހަރަކު ވަނީ އެއްބަސްވުމާއި ޚިލާފުވެ ހަމަލާތަކެއް ދީފައެވެ. ފާއިތުވި ހަފްތާގައި އިދްލިބްގެ ފުއާ އަވަށަށް ވެސް ހަމަލާތަކެއް ދިނުމުން 6 މީހުން ވަނީ މަރުވެފައެވެ.

އެކުވެރި ދައުލަތްތަކުގެ ކުޑަކުދިންނާއި ބެހޭ އެޖެންސީ ޔުނިސެފްއިން ބުނެފައިވަނީ، ފަހަކަށް އައިސް ދީފައިވާ ޙަމަލާތަކަކީ ސީރިޔާއަށް ބިރުވެރިކަން އަނބުރާ އަންނަން އުޅޭ ކަމުގެ ބިރުވެރި ނިޝާނެއް ކަމުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.