ރޮއިޓާސްގެ މަޝްހޫރު ފޮޓޯ ޖާނަލިސްޓު ދާނިޝް، އަފްގާނިސްތާނުގައި މަރާލައިފި

ބައިނަލްއަގުވަމީ ނޫސް އެޖެންސީ ރޮއިޓާސްގައި މަސައްކަތް ކުރާ އިންޑިއާގެ މަޝްހޫރު ފޮޓޯ ޖާނަލިސްޓު ދާނިޝް ސިއްދީގު އަފްގާނިސްތާނުގައި މަސައްކަތް ކުރަނިކޮށް މަރާލައިފި އެވެ.

އޭނާ މަރުވިކަން ހާމަ ކުރީ އަފްގާނިސްތާނުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފަރީދް މަމުންޑްޒޭ އެވެ. އޭނާ ވިދާޅުވީ ކަން ދިމާވިގޮތުން ހިތާމަ ކުރައްވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ދާނިޝްގެ މަރާއި ގުޅިގެން މާ ގިނަ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. އަދި އޭނާ މަރާލަން ޖެހުނު ސަބަބެއް ވެސް އަދި ނޭނގެވެ.

ރިޕޯޓުތައް ބުނާގޮތުގައި މަރާލި އިރު ދާނިޝް ހަރަކާތްތެރިވަމުން ދިޔައީ ޕާކިސްތާނާއި އަފްގާނިސްތާން ގުޅޭ ބޯޑަރު ސަރަހައްދުގައި އެވެ. އެ ސަރަހައްދުގައި މިދިޔަ ދެ ތިން ދުވަހުން ފެށިގެން ތޯލިބާނުންނާއި އަފްގާން ސިފައިންނާއި ދެމެދު ދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.

އެ ސަރަހައްދު މިދިޔަ ބުދަ ދުވަހު ތޯލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ބުުނެފައި އެވެ. ބެލެވޭ ގަޮތުގައި އޭނާ މަރާލަން ހަމަލާ ދިނީ ތޯލިބާނުންނެވެ.

އެއީ މަރާލި އިރު ދާނިޝް އެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔައީ އަފްގާން އަސްކަރީ އޮފިސަރުންނާއި އެކު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި މައްސަލައިގަ އިންޑިއާ ސަރުކާރުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ދާނިޝް ވަނީ 2018 ވަނަ އަހަރު ޕުލިޓްޒާ ޕްރައިޒް އިން ފީޗާ ފޮޓޯގްރަފީ ހާސިލް ކޮށްފައެވެ. އެ އެވޯޑު ލިބުނީ އޭނާ އާއި އިތުރު ދެ ފޮޓޯގްރާފަރަކުވެގެން ނެގި މިއަންމާ ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް ކުރިމަތިވި އަނިޔާވެރިކަން ދައްކުވައިދޭ ފޮޓޯތަކަށެވެ.

އޭގެ ފަހުން އެންމެ މަޝްހޫރުވީ އިންޑިއާއަށް މިއަހަރު އެރި ކޮވިޑުގެ ދެ ވަނަ ރާޅުގައި މަރުވި މީހުން އަންދާ މަންޒަރު ފޮޓޯ ނެގުމުގައި އޭނާ ދައްކާލި ކުޅަދާނަ ކަމެވެ. ދާނިޝް ރޮއިޓާސްގައި އޭޝިއާ ރީޖަންގެ ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.