ކުރީގެ ކަރުދާސް ނޫޓު ބަދަލުކުރުމުގެ ފުރުސަތު މި މަހު 27 ގެ ނިޔަލަށް!

ކުރީގެ ކަރުދާސް ނޫޓު ބަދަލުކުރުމުގެ ފުރުސަތު މި މަހު 27 ގެ ނިޔަލަށް އޮންނާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ގަރާރަކުން ލީގަލް ޓެންޑަރ ނޫން ކަމުގައި ކަނޑައަޅުއްވާފައިވާ ކަރުދާސް ނޫޓަށް ބަދަލުދިނުމަށް ހުށަހެޅޭނެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ފުރަތަމަ ކަނޑައަޅާފައިވަނީ މިމަހުގެ 31 ވަނަ ދުވަހެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް މިމަހުގެ 31 ވަނަ ދުވަހަކީ ހޮނިހިރު ދުވަހެއް ކަމުން، ފަހުން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ބަދަލު ހޯދުމަށް ހުށަހެޅޭ ގޮތަށް ނިންމި އެވެ.

އީދު ބަންދާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ވަނީ މިމަހުގެ 28 އަދި 29 ވަނަ ދުވަހަކީ ވެސް ރަސްމީ ބަންދު ދުވަސްތައް ކަމުގައި ނިންމަވާފަ އެވެ.

އެމްއެމްއޭ އިން ބުނީ އަޟްހާ އީދާއި މިނިވަން ދުވަހާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި އެމްއެމްއޭ ހުޅުވާފައި ހުންނާނީ މިމަހުގެ 21 ވަނަ ދުވަހާއި 27 ވަނަ ދުވަހު ކަމަށެވެ.

އެހެންކަމުން ކުރީގެ ކަރުދާސް ނޫޓުތަކަށް ބަދަލުދިނުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚަކީ މިމަހުގެ 27 ވަނަ ދުވަސް ކަމަށާއި އެޕޮއިންޓްމަންޓް ހެއްދުމަކާ ނުލައި ކުރީގެ ފައިސާ ބަދަލުކުރެވޭނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ގަރާރަކުން ލީގަލް ޓެންޑަރ ނޫން ކަމުގައި ކަނޑައަޅުއްވާފައިވާ 2، 5، 10، 20، 50، 100 އަދި 500 ރުފިޔާގެ ކަރުދާސް ނޫޓުތަކަށެވެ. ނޫޓުގައިވާ ތާރީހުން ބަލާނަމަ އެއީ 1983 އިން ފެށިގެން ދައުރުކުރުމަށް ނެރެފައިވާ 2، 5، 10، 20، 50، އަދި 100 ރުފިޔާގެ ނޫޓުތަކާއި 2006 އިން ފެށިގެން ދައުރުކުރުމަށް ނެރެފައިވާ 500 ރުފިޔާގެ ނޫޓުތަކެވެ.

ކަރުދާސް ނޫޓުތަކުގެ ތެރެއިން 500 ރުފިޔާގެ ބައެއް ނޫޓުތަކަށް ބަދަލެއް ނުލިބޭނެއެވެ. ކަރުދާސް ނޫޓުތަކުގެ ތެރެއިން 1990 އަދި 1996 ގެ ތާރީހުގެ ނޫޓުތަކަކީ 2007 ވަނަ އަހަރު ލީގަލް ޓެންޑަރއެއް ނޫން ކަމުގައި ކަނޑައަޅައި 2008 ވަނަ އަހަރުގެ ނިޔަލަށް ބަދަލު ހޯދުމުގެ މުއްދަތު ހަމަވެފައިވާ ނޫޓުތަކެކެވެ.

އެ ނޫޓުތަކަކީ ރަން ދިހަފަހެއް ނޫޓު ސީރީޒް ބޭނުންކުރަން ފެށިއިރު ބޭނުން ކުރަމުން އައި ނޫޓުތަކެއް ނޫނެވެ. އެހެންކަމުން މިމަހުގެ 27ގެ ނިޔަލަށް ބަދަލު ލިބޭނީ ރަން ދިހަފަހެއް ނޫޓު ސީރީޒް ބޭނުންކުރަން ފެށިއިރު ބޭނުންކުރަމުން އައި 500 ރުފިޔާގެ ކަރުދާސް ނޫޓުތަކަށެވެ. އެއީ 2006 އަދި 2008 ގެ ތާރީހުތަކުގައިވާ 500 ރުފިޔާގެ ކަރުދާސް ނޫޓުތަކެވެ.

އެމްއެމްއޭގެ ގާނޫނުގައިވާ ގޮތުން ލީގަލް ޓެންޑާ ނޫން ކަމުގައި ކަނޑައަޅާ ނޫޓަށް ބަދަލުދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ވަކި ތާރީހެއްގެ ނިޔަލަށެވެ.

އެހެންކަމުން މިމަހުގެ 27ގެ ފަހުން އެއިން އެއްވެސް ނޫޓަކަށް ބަދަލު ހޯދުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.