ވެޓްރަންސް އެކްޓަރ ސުރެކާ ސިކްރީ މަރުވެއްޖެ

ބޮލީވުޑްގެ ވެޓްރަންސް އެކްޓަރ ސުރެކާ ސިކްރީ މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ އޭނާ މަރުވީ ޢުމުރުން 75 އަހަރުގައި ކަމަށެވެ. އަދި އޭނާ މަރުވީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.

އިޝްތިހާރު Below Header ad

ސުރެކާގެ މެނޭޖަރާއި ހަވާލާދީ ޚަބަރުތައް ބުނެފައިވާ ގޮތުގައި ސުރެކާގެ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަމުން އަންނަތާ މަސްތަކެއް ވަނީ ވެފަ އެވެެ. އަދި ބްރެއިން ސްޓްރޯކެއް ޖެހިގެން އޭނާ ވަނީ 2020 ވަނަ އަހަރު ފަރުވާ ވެސް ހޯދާފަ އެވެ.

“ބަލިކާ ވަދު، ބަދާއީ ހޯ، ގޯސްޓް ސްޓޯރީ’ ގައި މުހިންމު ރޯލެއް އަދާ ކުރި ސުރެކާ ސިކްރީއަށް ވަނީ ނެޝަނަލް އެވޯޑު 3 ފަހަރަށް ހޯދާފަ އެެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުން ސުރެކާ މަރުވެފައިވަނީ ދެވަނަ ބްރެއިން ސްޓްރޯކެއް ޖެހިގެން މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ނަމަވެސް ޢާއިލާ އިން އެކަމާއިބެހޭގޮތުން އިތުރު އެއްޗެއް މިވަގުތު ހާމަކުރަން ވަނީ ދެކޮޅު ހަދާފަ އެވެ.

ސުރެކާ ގެ ޢާއިލާ އިން ބުނެފައިވަނީ މިވަގުތަކީ ޚަބަރުތަކަށް މަޢުލޫމާތު ދޭންވީ ވަގުތު ނޫން ކަމަށެވެ.

YouTube player

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.