އޮމްބަޑްސްޕަރސަންގެ އޮފީހަށް ޖުލައި 13 އާ ހަމައަށް އެންމެގިނައީ ބޯހިޔާވަހިކަމުގެ ޙައްޤާ ގުޅޭ މައްސަލަތައް!

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް 13 ޖޫން އިން 13 ޖުލައި އާ ދެމެދު ޖުމުލަ 59 މައްސަލައެއް ހުށަހަޅައިފި އެވެ.

އެ އޮފީހުން ބުނީ މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ޙައްޤާއި، މަސައްކަތްކުރުމުގެ ޙައްޤާއި، މުދާ ހޯދައި ލިބިގަތުމުގެ ޙައްޤާއިގުޅޭ މައްސަލަތައް ހިމެނޭ ކަމަށެވެ. އަދި އުނގެނުމުގެ ޙައްޤާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ޕެންޝަން ލިބުމުގެ ޙައްޤާއި، ޤާނޫނާ ޚިލާފަށް ހައްޔަރުކުރުން އަދި ޒާތީ ދިރިއުޅުމާ ގުޅޭ މައްސަލަތައް ހިމެނޭ ކަމަށް ވެސް ބުންޏެވެ.

އިޝްތިހާރު Below Header ad

މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މި އޮފީހަށް ހުށަހެޅިފައިވަނީ ބޯހިޔާވަހިކަމުގެ ޙައްޤާ ގުޅޭ މައްސަލަތަކަށް ކަމަށްވާއިރު، އެންމެ މަދުން ހުށަހެޅިފައިވަނީ ޕެންޝަން ލިބުމުގެ ޙައްޤާ ގުޅޭ މައްސަލަތަކާއި ޒާތީ ދިރިއުޅުމާ ގުޅޭ މައްސަލަތައް ކަމަށް އެ އޮފީހުން ބުނެއެވެެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 13 ޖޫން 2021 އިން 13 އޯގަސްޓް 2021ގެ ނިޔަލަށެވެ.

މި އޮފީހަށް ހުށަހެޅޭނީ ޤާނޫނު ނަންބަރު 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.