ސައުދީ އަސްކަރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް އަންހެނަކު ހުށަހަޅައިފި

ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް އަންހެނަކު ހުށަހަޅައިފި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމަކީ ހައްޖުގެ ސެކިއުރިޓީގެ ކަންކަން ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުން ފެށުމުގޮތުގައި ނޫސްވެރިންނަށް ބައްދަލުވުމާއި ގުޅޭ ތަފްސީލް ދިނީ އަސްކަރިޔާގައި މަސައްކަތް ކުރާ އޮފިސާ އަބީރު އަލް ރަޝީދު އެވެ.

އިޝްތިހާރު Below Header ad

އަބީރުގެ ހުށަހެޅުމާއި އަސްކަރިއްޔާގައި އަންހެނުންނަށް ފުރުސަތު ހުރިކަން ދައްކައި ދިނުމަށް ފެށި މި މަސައްކަތަށް ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ. އަދި އެ ފަހުރުވެރި ޝަރަފި އަބީރަށް ލިބުމުން ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ.

ސައުދީ އަސްކަރިއްޔާއަށް އަންހެނުން ވަނުމުގެ ފުރުސަތު ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. މި ފުރުސަތު އަންހެނުންނަށް ދީފައިވަނީ ސައުދީގައި އިއުލާން ކޮށްފައިވާ “ވިޝަން 2030” ގެ ދަށުންނެވެ.

ސައުދީ އަސްކަރިއްޔާގައި އަންހެނުންނަށް ވަޒީފާ އަދާ ކުރެވޭ ދާއިރާތަކުގެ ތެރޭގައި މެޑިކަލް ސާވިސް، އެއްގަމާއި ކަނޑު އަދި ވައިގެ ސިފައިންގެ ބައިގެ އިތުރުން ސްޓްރެޓެޖިކް މިސައިން ފޯސް ހިމެނެ އެވެ.

ސައުދީގެ “ވިޝަން 2030” ގެ ދަށުން ހަރަމް ފުޅުގައި އަންހެން ފުލުހުންވެސް މިހާރު ސެކިއުރިޓީންގެ ގޮތުގައި ތިބެ އެވެ. އަދި އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމާއި މަހުރަމަކާއި ނުލައި އެކަނި ކާރު ދުއްވުމުގެ ހުއްދަ ދީފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.