އީދު ބަންދު ތެރޭގައި ކޮވިޑް ވެކްސިން ނުޖަހާނެ: އެޗްއީއޯސީ

އީދު ބަންދުގެ ދުވަސްތަކުގައި މާލެ ސަރަހައްދުގައި ކޮވިޑު ވެކްސިން ނުޖަހާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާލެ ސަރަހައްދުގައި ކޮވިޑު ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާނީ ނުވަތަ މެދުކަނޑާލާނީ މިއަދުން ފެށިގެން ކަމަށެވެ. އަދި އަލުން ވެކްސިން ޖަހަން ފަށާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

“ހުޅުވަން ކައިރިވީމަ އަޅުގަނޑުމެން ތާރީޚު އިއުލާންކުރުމާއެއްކޮށް ހަމަ ބުކިންގއަށް އެޕޮއިންޓްމެންޓް ހެދުމަށްވެސް ހުޅުވާލާނަން،” ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިހާރު އެޕޮއިންޓްމެންޓް އުސޫލުން ވެކްސިން ޖަހައިދެނީ ހަމައެކަނި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަންޖެހޭ ފަރާތްތަކަށް އެކަންޏެވެ.

ކޮވިޑު ވެކްސިން ރާއްޖޭގައި ޖަހަންޖެހޭ ރާއްޖޭގެ އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން މިހާރު ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާކަަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.