ޕާޓީ ހަދަން ޢަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވި ފޯމު ބާތިލު

ރާއްޖޭގައި އިތުރު ސިޔާސީ ޕާޓީއެއް ހެދުމަށް އަބްދުﷲ ކަމާލުއްދީން ޕާޓީއެއް އުފެއްދުމަށް ހުށަހެޅި ފޯމް އިލެކްޝަން ކޮމިޝަނުން ބާތިލުކޮށްފި އެވެ.

އެ ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ “ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އަބްދުﷲ ކަމާލުއްދީން ހުށަހެޅި ފޯމަކީ ބާޠިލް ފޯމެއް ކަމުގައި މިއަދު ކޮމިޝަނުން ނިންމައިފި” މިފަދައިން ނެވެ.

އިޝްތިހާރު Below Header ad

އިލެކްޝަންސް ކޮމިޝަންގެ މީޑިއާ ގްރޫޕުގައި ބުނެފައިވަނީ ޢަބްދުﷲ ކަމާލުއްދީން އަދިވެސް އޮންނެވީ އެމްއާރްއެމް ގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.

އިތުރު ތަފްސީލެއް ނުދެ އެވެ.

ސިޔާސީ ޕާޓީއެއް އުފައްދަވަން އިލެކްޝަނަށް ހުށަހަޅުއްވާއިރު، ހުށަހަޅުއްވާ މީހާއަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީއެއްގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށާއި ކަމާލުއްދީން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިމަހުގެ 11 ވަނަ ދުވަހު ކަމަށް ވެސް އީސީ އިން ބުނެފައި ވެއެވެ.

ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާ އަދި ރައީސް މައުމޫން ދައުރުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވީ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށެވެ.

ކަމާލުއްދީން ވިދާޅުވެފައިވަނީ އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކޮށް، ދައުލަތުގެ ބާރުތައް ވަކިކޮށްފައިވީ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ހުރި އެތައް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

ކަމާލުއްދީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައި، 3،000 ސޮއި ހަމަކުރައްވާފަ އެވެ.

ރާއްޖޭގައި މިހާރު 10 ސިޔާސީ ޕާޓީ އެއް ހަރަކާތްތެރިވަމުން އަންނަ އިރު، އެންމެ ފަހުން ރަޖިސްޓަރީ ކުރީ އެމްއާރުއެމް އެވެ. އެޕާޓީ ރަޖިސްޓަރީ ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.